ގެސްޓްހައުސްތަކާާއި ސިޓީ ހޮޓާތަކަށް ފަތުރުވެރިން އައުން މަނާާކޮށްފި

31 Mar 2020 | 21:46

މިއަދުން ފެށިގެން ދިވެހިރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަކާާއި ސިޓީ ހޮޓާތަކަށް ފަތުރުވެރިން އައުން މަނާާކޮށްފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުނު އިއުލާނެއްގައި ވަނީ މިއަދު އިރުއޮއްސި ހަޔަކުން ފެށިގެން ދިވެހިރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަކަށާއި، ސިޓީ ހޮޓާތަކަށް ބިދޭސީ ފަތުރުވެރިން ޗެކިންގވުން ހުއްޓާލުމަށް އަންގާ ކަމަށެވެ. ނަަަމަވެސް މިހާރުވެސް އެތަންތަނުގައި ތިބި ފަތުރުވެރިންނަށް އެތަންތަނުގައި ތިބުމުގައި ހުރަހެއް ނެތްކަމަށް ވަނީ ބުނެފައެވެ.

މިގޮތަށް އިއުލާންކޮށްފައިވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 34ވަނަ މާއްދާގެ ރގެ ދަށުންނެވެ.

ފާާހަގަކޮށްލެވޭ ގޮތުގައި ގެސްޓްހައުސްތަކުން މީގެ ކުރިން ވަނީ އަމިއްލަ އިސްނެގުމަކަށް ފަތުރުވެރިން ގެނައުން މެދު ކަނޑާލާާފައެވެ. އަދި އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކަށާއި ސިޓީ ހޮޓާތަަކަށް ފަތުރުވެރިން އައުން ދެ ހަފްތާ ވަންދެން ހުއްޓުވާފައެވެ.

Advertisement

ކޮމެންޓް