Advertisement

ޑރ.ޝަހީމްގެ ގުރުއާން ޗެލެންޖްގައި އަދުރޭ ބައިވެރިވެ ވަޑައިގަންނަވައިފި

31 Mar 2020 | 17:42

މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ފެއްޓެވި ގުރުއާން ޗެލެންޖްގައި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.

މިހާރު ޕީއެންސީގެ ރައީސްކަން ކުރައްވާ އަދުރޭ ގުރުއާން ކިޔަވާ ވިދާޅުވާ ވީޑިޔޯ ވަނީ ޑރ.ޝަހީމްގެ ފޭސްބުކް ޕޭޖްގައި މިހާރު އަޕްލޯޑްކޮށްފައެވެ. 

“ސޯޝަލް މީޑިއާ ޤުރުއާނުން ފުރާލަމާ. އަޅުގަނޑު ފަށާނަން. އިންޝާﷲ” މިހެން ވިދާޅުވެ ޑރ ޝަހީމު ފެއްޓެވި މިޗެލެންޖްގައި ދަނީ ގިނަ ބަޔަކު ބައިވެރިވަމުންނެވެ. މިޗެލެންޖުގައި ބޮޑެތި މީހުންގެ އިތުރުން ކުޑަކުދިންވެސް މިހާރު ދަނީ ބައިވެރިވަމުންނެވެ.

އަދި މީގެ އިތުރުން ޑރ. ޝަހީމް ވަނީ ޤުރުއާން ޗެލެންޖާއި އެކު އިތުރު ކަންތައްތަކެއް ކުރިއަށްދާނެކަމަށް ވިދާޅުވެފައެވެ. 

“ޤުރުއާން ޗެލެންޖް ކުރިޔަށް ދާއިރު، އެކި އާޔަތްތަކާއި، ނަބީބޭކަލުންގެ ވާހަކަތަކާއި، ޤުރުއާން ގައިވާ އެކި އެކި މުހިންމު ކަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކާނަން. އެބައި ކުރިޔަށް ގެންދާނީ އަޅުގަނޑުގެ ރަސްމީ ފޭސްބުކް ޕޭޖްއިން. މި ދުވަސް ތަކަކީ ޤުރުއާނާއި އެކީގަ އަޅުގަނޑުމެން ހޭދަކުރާ ދުވަސް ތަކަކަށް ހަދަމާ ހިންގަވާށެވެ.” މިފަދައިން ލިޔުއްވާފައިވެއެވެ.

Advertisement

ކޮމެންޓް