ރައީސް ނަޝީދު ކޮވިޑް-19 އަށް ޓެސްޓްކޮށްފި

01 Apr 2020 | 20:46

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކޮވިޑް-19 އަށް ޓެސްޓްކޮށްފިއެވެ.

އެމަނިކުފާނު އެ ބައްޔަށް ޓެސްޓްކޮށްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. ރައީސް ނަޝީދުގެ ޓެސްޓް ސާމްޕަލް ނެންގެވި ފަރާތްތަކުން ތިބީ ރައްކާތެރިކަމުގެ ގޮތުން އަަޅަންޖެހޭ ފިޔަވަޅުތައް އަަޅައިގެންކަން ފާހަގަކޮށްލެވެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަަވަމުން ރައީސް ނަޝީދު ވިދާޅުވީ މިދިޔަ މާޗްމަހުގެ އެގާރަ ވަނަ ދުވަހާާއި ސާދަވަނަ ދުވަހާާއި ދެމެދުގައި ހުންނެވީ އިނގިރޭސި ވިލާތުގައި ކަމަށާއި، އެމަނިކުފާނު އަނބުރާ ވަޑައިގެންނެވިއިރު ޓެސްޓް ކުރައްވަން އަންގަވާފައި ނުވާކަމަށެވެ. އަދި އޭރުގައި ދިވެހިރާއްޖެއިން އިނގިރޭސިވިލާތާއި ދެމެދު އެއްވެސްް ޓްރެވަލް ރިސްޓްރިކްޝަނެއް އަޅާފައި ނުވާކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ މާާތްﷲގެ އިރާދަފުޅުން އެމަނިކުފާނުގެ ކިބައިގައި ކޮވިޑް-19 ގެ އަލާމާާތެއް ނެތްކަމަށާއި، ނަމަވެސް ޕަަބްލިކް ހެލްތުން އެދޭނަމަ ޓެސްްޓް ކުރައްވަން ތައްޔާރަށް ހުންނެވިކަމަށެވެ.

ނަމަވެސް މާޗް14ގެ ފަހުން އަންނަ މީހުން ޓެސްޓް ކުރަން ނިންމީ ކޮން ސައިންޓިފިކް ރޭޝަނާލިޓީއަކަށް ބިނާކޮށްތޯ ސުވާލު އުފައްދަން ބޭނުންވާާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement