12 ބިލިޔަން ރުފިޔާއިން ބަޖެޓް ދަރަނިވެރިވާނެކަމަަށް ލަފާކުރެވޭ: އަމީރު

01 Apr 2020 | 23:02

ކޮވިޑް-19 އާއި ގުޅިގެން މީގެ ކުރިން މިއަހަރުގެ ބަޖެޓްގައި އަންދާާޒާކުރެވިފައިވާ މިންވަރަށްވުރެ 12ބިލިޔަން ރުފިޔާއިން ދައުލަތުގެ ބަޖެޓް ދަރަނިވެރިވާނެކަމަށް ސަރުކާރުން ލަފާާކޮށްފިއެވެ.

މިރޭ ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ މީގެ ކުރިން ސަރުކާރުން ލަފާކުރިގޮތުގައި މިއަހަރުގެ ރާާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ހުންނާނީ 7.5 އިންސައްތައިގައި ކަމަށެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވި އިގްތިސާދީ ލޮޅުންތަކުގެ ސަބަބުން އުފެއްދުންތެރިކަމުގެ ނިސްބަތް 5.7 އިންސަައްތަ ދަށްވެގެން ދާނެކަމަށް މިހާރު ލަފާކުރެވޭކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

އަމީރު ވިދާޅުވި ގޮތުގައި މިއަހަރު ދައުލަތަށް އެކި ގޮތްގޮތުން ލިބޭނެ އާމްދަނީގެ ގޮތުގައި 30 ބިލިޔަން ރުފިޔާ ލަފާ ކުރެވިފައި ވާނަމަވެސް، މިއަހަރު 12 ބިލިޔަން ރުފިޔާއިން ބަޖެޓް އިތުރަށް ޑެފިސިޓް ވާނެކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.

އަދި މީގެ އިތުރުން މިއަހަރު ފަތުރުވެރިން އަންނަ މިންވަރުވެސް 50އިންސައްތައާއި ހަމައަށް މަދުވުމަކީ ލަފާކުރެވިފައިވާ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ މި ހާލަތުގައި ސަރުކާރުގެ ރިކަރެންޓް ޚަރަދު ކުޑަކުުރުމަކީ އަމާޒެއްކަމަށާއި، އެގޮތުން މީގެ ކުރިންވެސް އެއް ބިލިޔަން ރުފިޔާއާއި ހަމައަށް ޚަރަދުތައް ކުޑަކުރުމަށް ނިންމި ކަމަށެވެ. ނަމަވެސް މިހާރުގެ އަމާޒަކީ އެއަށްވުރެވެސް ބޮޑަށް އެ ޚަރަދުތައް ކުޑަކޮށްލުންކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement