ސްޓިމިއުލަސް ޕެކޭޖްތައް ދޫކުރާނީ މިދިޔަ އަހަރުގެ އާމްދަނީއަށް ބެލުމަށް ފަހު

04 Apr 2020 | 19:12

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ފޯރުކޮށްދޭ ސްޓިމިއުލަސް ޕެކޭޖްގެ ތެރެއިން ބޭންކްތަކުން ދޫކުރާ ލޯނުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމައިފިއެވެ.

އިއްޔެ ރޭ ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ މި ޕެކޭޖްތައް ދޫކުރާނީ މިދިޔަ އަހަރުގެ އާމްދަނީއަށް ބެލުމަށް ފަހުގައި ކަމަށެވެ.

އެގޮތުން 10 މިލިޔަނަށްވުރެ މަތިން އާމްދަނީއެއް ލިބިފައިވާ ރިސޯޓުތަކަށް ލޯނު ހުޅުވާލާނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށްކަމަށް އަމީރު ވިދާޅުވިއެވެ. އަދި 10 މިލިޔަނަށްވުރެ ދަށުން އާމްދަނީ ލިބިފައިވާ ރިސޯޓްތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ހުޅުވާލާނީ އެސްއެމްއީ ޑިވެލޮޕްމެންޓް ބޭންކް މެދުވެރިކޮށްކަމަށް އެބޭފުޅާ ހާމަކުރެއްވިއެވެ.

އަދި އަމިއްލަ ފަރުދުންނަށް ލޯނު ލިބިގެންދާާނީ އެޗްޑީއެފްސީ މެދުވެރިކޮށްކަމަށް އަމީރު ވިދާޅުވިއެވެ. 

އެބޭފުޅާ ވިދާޅުވީ މި ސްޓިމިއުލަސް ޕެކޭޖްގެ މައިގަނޑު އަމާޒަކީ މަސައްކަތްތެރިންނަށް އެހީތެރިވެ، ވަޒީފާތައް ހިމާޔަތްކުރުންކަމަށެވެ.

Advertisement

ކޮމެންޓް