ކޮވިޑް-19: އަވައްޓެރި ގައުމުތަަކަށް އެހީވުމަށް އިންޑިއާގެ ހަ ނޭވީ މަނަވަރު އޮތީ ތައްޔާރީ ހާލަތުގައި

04 Apr 2020 | 19:08

މިހާރު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ސަރަހައްދީ ގައުމުތަކަށް އެހީވާން އިންޑިޔާއިން ތައްޔާރަށް އޮތްކަމަށް އެގައުމުގެ ނޫސްތަކުން ބުނެފިއެވެ.

އިންޑިޔާާގެ މީޑިޔާއެއްކަމުގައިވާ ވިއޯން ނޫހުން ރިޕޯޓްކުރާ ގޮތުގައި އެގައުމުން ގެންގުޅޭ ނެއިބާާހޫޑް ފަސްޓް ޚާރިޖީ ސިޔާާސަތުގެ ދަށުން ކޮވިޑް-19ގެ ކަންތައްތަކާއި ގުޅިގެން އަވައްޓެރި ގައުމުތަަކަށް އެހީވުމަށް އެގައުމުގެ ހަ ނޭވީ މަނަވަރު އޮތީ ތައްޔާރީ ހާލަތުގައެވެ. އަދި ސާކްގެ ގައުމުތަަކަށް ދިއުމަށް ފަސް މެޑިކަލް ޓީމްވެސް ތައްޔާރަށް އޮތްކަމަށް އެ ނޫހުން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިންޑިޔާއިން އިސްނަގައިގެން މިދިޔަ މަހުގެ ތެރޭގައި ވަނީ ސާކްގެ ގައުމުތަކުން ގުޅިގެން ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތްކުރުމަށް ގައުމުތަކުގެ އިސްވެރިންގެ ޓެލެ ކޮންފަރެންސް ބައްދަލުވުމެއް ބާއްވާފައެވެ. 

އަދި ކޮވިޑްއާއި ދެކޮޅަށް ސާކްގެ ގައުމުތަކުގެ ފަންޑެއް ގާއިމްކޮށް، އެ ފަންޑަށް އެގައުމުން ވަނީ އެއް މިލިޔަން ޑޮލަރުވެސް ޖަމާކޮށްފައެވެ. މީގެ އިތުރުން ކޮވިޑް-19 އެންމެ ބޮޑަށް ފެތުރުނު ވުހާން ޝަހަރުގައި ތިބި ބަންގްލަދޭޝާއި ރާއްޖެއަށް ނިސްބަތްވާ ފަރާތްތައް އިވެކުއޭޓްކޮށްދިނީވެސް އިންޑިޔާގެ ފަރާާތުންނެވެ.

އެހެނަސް އިންޑިޔާގެ އެތެރޭގައި ކޮޮވިޑް-19 ގެ ކަންތައްތަކާާއި މެދު އެގައުމުން އަމަލުކުރަމުންދާ ގޮތްތަކާއި މެދު ގިނަބަޔަކު ދަނީ ފާާޑުކިޔަމުންނެވެ. އެގޮތުން އިންޑިޔާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ދެހާހަށްވުރެ ގިނަ ފަރާތްތައް ތިބިކަމަށް ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ.

މިހާވަރަށް އެގައުމުގައި ޕޮޒިޓިވް ކޭސްތަކުގެ އަދަދު އިތުރުވެފައިވަނީ އިޖްތިމާާއީ ގައިދުރުކަން ރަނގަޅަށް ތަންފީޒު ނުކުރެވި، ގިނަބަޔަކު ދުރާލާ ޓެސްޓް ނުކުރުމުންކަމަށް ދަނީ ބުނަމުންނެވެ.

Advertisement

ކޮމެންޓް