ކޮވިޑް-19 ގެ އުސްއަލި: ކަރަންޓީންގައި ތިބި ބަޔަކު މާދަމާ ދޫކޮށްލަނީ

04 Apr 2020 | 19:06

ދިވެހިރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 19 އަށް ޕޮޒިޓިވްވެފައިވާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މިރޭ ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިއަދު ހަވީރު ހަތަރެއް ޖެހުމާއި ހަމައަށް 1434 ސާމްޕަލް ނެގިފައިވާ ކަމަށެވެ. އޭގެ ތެރެއިން މިހާތަނަށް ނަތީޖާ ލިބިފައި ނުވަނީ 51 ސާމްޕަލްގައެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވަނީ ރާާއްޖެއިން ބޭރަށް އައުމަށްފަހު ކަރަންޓީންގައި ތިިބި ބައެއް ފަރާތްތައް މާދަމާ ދޫކޮށްލާނެކަމަށް ވަނީ ހާމަކުރައްވާފައެވެ.

މިއާއި މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެކެވުނު އެހެން ވާހަކަތަކުގެ އުސްއަލިތަކަށް މިހިސާބުން ބަލާލާނަމެވެ.


ކަރަންޓީންގައި ތިބި ބައެއް މީހުން މާދަމާ ދޫކޮށްލަނީ

މަބްރޫކް ވިދާޅުވި ގޮތުގައި ދިވެހިރާއްޖެއިން ބޭރުން އައުމަށްފަހު، ކަރަންޓީން ފެސިލިޓީތަކުގައި ތިބި ބައެއް ފަރާތްތައް ޓެސްޓްކުރުމަށްފަހު ކޮވިޑް-19 ނެތްނަމަ މާދަމާ ދޫކޮށްލާނެއެވެ. އެބޭފުޅާ ވިދާޅުވި ގޮތުގައި މިގޮތަށް 48 ފަރާތެއް ދޫކޮށްލުމަށް ވަނީ ހަމަޖެހިފައެވެ.

މި ފަރާތްތަކާއި އާއިލާތަކުން ހަވާލުވާނެ ވަކިތަނެއް އެޗްޕީއޭގެ ފަރާތުން އަންގާާނެކަމަށް މަބްރޫކް ފާހަގަކުރެއްވިއެވެ. ނަަމަވެސް އެތަނަށް މީހުން އެއްވުން މަދުކުރުމަށްޓަކައި ކޮންމެ އާއިލާއަކުންވެސް އެންމެ ފަރާތެއް އައުމަށް މަބްރޫކް ވަނީ އެދިލައްވާފައެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވި ގޮތުގައި ހާހެއްހާ މީހުން މިހާާރުވެސް ކަރަންޓީން ފެސިލިޓީތަކުގައި އެބަތިއްބެވެ.


އިއްޔެއާއި މިއަދު ކާފިއުއާއި ގިނަބަޔަކު ޚިލާފުވި!

މަބްރޫކް ވިދާޅުވީ އިއްޔެއާއި މިއަދު ހަވީރު ފަހަކުން ފެށިގެން ރޭގަނޑު އަށެއް ޖަހަންދެން ކާފިއު ހިންގިއިރުގައި، މާލެއިން އެކަނިވެސް ކާފިއުއާއި ޚިލާާފުވެގެން ޖުމްލަ 376މީހުން ހުއްޓުވުނު ކަމަށެވެ. އޭގެ ތެރެއިން 43 މީހުން ފިޔަވައި އެހެން ހުރިހާ ފަރާތްތަކަކީވެސް ދިވެހިންކަމަށް އެބޭފުޅާ ފާާހަަގަ ކުރެއްވިއެވެ.

ފުލުހުންނާއި ހަވާލާދީ މަބްރޫކް ވަނީ މާދަމާއިން ކާާފިއުއަށް އަމަލުނުކުރާ ފަރާތްތައް ޖޫރިމަނާކުރާނެކަމަށް ހާމަކުރައްވާފައެވެ.

މިއީ އެޕްރީލް ތިންވަނަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގެ އުސްއަލިތަކެވެ.

Advertisement

ކޮމެންޓް