Advertisement

ޓޫރިޒަމް މިނިސްޓްރީގެ އިންޒާރު: ވަޒީފާގެ ގާާނޫނާއި ޚިލާފްވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނަން

04 Apr 2020 | 21:15

ކޮވިޑް-19 އާއި ގުޅިގެން ވަޒީފާއާއި ބެހޭ ގާނޫނާއި ޚިލާފްވާާ ފަރާތްތަކާާއި މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ޓޫރިޒަމް މިނިސްޓްރީން ދީފިއެވެ.

އެ މިނިސްޓްރީން ނެރުނު ސާކިއުލާާއެއްގައި ބުނެފައިވަނީ ނޯޕޭ ލީވްގައި މުވައްޒަފުން ފޮނުވަމުން ދިއުމާއި ނޯޓިސް ނުދީ މުވައްޒަފުން ވަކިކުރަމުންދާާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. 

މިގޮތަށް މުވައްޒަފުންނާއި މެދު އަމަލުކުރުމަކީ ވަޒީފާއާއި ބެހޭ ގާނޫނާއި ޚިލާފްވުންކަަމަށް ޓޫރިޒަމް މިިނިސްޓްރީން ވަނީ ބުނެފައެވެ. އެފަދަ ރިސޯޓްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށްވެސް ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކޮވިޑް-19 އާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއަށް ވަނީ ބޮޑު ހީނަރުކަމެއް އައިސްފައެވެ. މީގެ ސަބަބުން ގިނަ ރިސޯޓްތަކުން ދަނީ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންނެވެ.

Advertisement

ކޮމެންޓް

Advertisement