"ތަގްސް އޮފް ހިންދުސްތާން" ލީކްވެއްޖެ

10 Nov 2018 | 15:53

އިންޑިއާގެ މަޝްހޫރު ދެ ފިލްމީ ތަރިން ކަމަށްވާ އަމީތާބް ބަޗަންއާއި އާމިރް ހާން ލީޑް ރޯލްއިން ފެނިގެންދާ "ތަގްސް އޮފް ހިންދުސްތާން" ރިލީސް ކުރިތާ ކުޑަވަގުތު ކޮޅެއްތެރޭގައި އޮންލައިންކޮށް ޓެމިލްރޮކާސް ކިޔާ ވެބަސައިޓްއަކުން ލީކްކޮއްލައިފިއެވެ. މި ވެބަސައިޓްއަކީ ފިލްތައް ހުއްދަނެތި ލީކްކުރުމްށް ހާއްސަ ވެބަސައިޓެކެވެ.

މިކަމާގުޅިގެން ފިލްމުގެ ތަރިންނަށް ސަޕޯޓްކުރާ ފަރާތްތަކުން ދަނީ މި ވެބަސައިޓް އައިމެދު ހަރުކަށި ފިޔަވަޅު އަޅައިދިނުމަށް ކަމަބެހޭފަރާތްތަކަށް ގޮވާލަމުންނެވެ.

މީގެކުރިންްވެސް މިވެބަސައިޓުން ވަނީ ޓަމިލް އެކްޓަރެއް ކަމަށްވާ ވިޖޭޝަންކަރުގެ ފިލްމެއް ލީކްކޮށްލާފައެވެ. އެކަމައި ގުޅިގެން ޓެމިލް ފިލްމް ޕޮރޮޑިއުސަރ ކައުންސިލް (ޓީއެފްޕީސީ) އިންވަނީ މިގޮތަށް ފިލްމަތައް ލީކްކޮށްނުލުމަށް ގޮވާލާ ބަޔާނެއް ނެރެފައެވެ. މިގެ އިތުރުން ސިނަމާއަށް ދާ ފަރާތްތައް އެމީހުންގެ ފޯނު ނުވަތަ އެހެން އެއްޗެއް ބޭނުން ކޮށްގެން ރިކޯޑު ކުރުމުގެ ފުރުސަތު ނުދިނުމަށްވެސް މިބަޔާނުގައި ސިނަމާތަށް ހިންގާފަރާއްތަކަށް ގޮވާލާފައިވެއެވެ.

ޔަޝްރާޖް ޕޮރޮޓަކްޝަން އިން ނެރުނު މިފިލްމު ގައި ކެޓްރީނާ ކައިފް، ފާތިމާ ސަނާ، އަދި ލޮއިޑް އޮވެން އެކި ރޯލްތަކުން ފެނިގެންދެއެވެ.

މިފިލްމްގެ ވާހަކަ ލިޔެ ޑައިރެކްޓް ކޮށްފައިވަނީ ވިޖޭ ކުރިޝްނާ އަޗަރިޔާއެވެ. އަދި ފިލްމުގެ މިއުޒިކް ހަދައިދީފައިވަނީ އަޖޭއަތުލް އެވެ.

ތަގްސް އޮފް ހިންދުސްތާންއަކީ އާމިރުހާން އަދި ވިޖޭކްރިޝްނާ އެކުގައި މަސައްކަތްކުރާ ދެވަނަ ފިލްމެވެ. މީގެކުރިން މި ދެމީހުން ވަނީ ދޫމް 3 ގައި އެއްކޮން މަސައްކަތް ކޮއްފައެވެ.

Advertisement

ކޮމެންޓް