Advertisement

ޑަބްލިޔުއެޗްއޯއިން ދިވެހިރާއްޖެއަށް 5000 ޓެސްޓް ކިޓް ދީފި

06 Apr 2020 | 12:08

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިޔުއެޗްއޯގެ ފަރާތުން ދިވެހިރާއްޖެއަށް ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ބޭނުންވާާ އިތުރު 5000 ކިޓް ހަދިޔާކޮށްފިއެވެ.

މި ކިޓްތައް ހަވާލުކޮށްފައިވަނީ މިއަދު ހެނދުނު ދަރުބާރުގޭގައި އޮތް ރަސްމިއްޔާތެއްގައެވެ.

ދިވެހިރާއްޖޭގެ ފަރާތުން މި ކިޓްތަކާއި ހަވާލުވެ ވަޑައިގެންނެވީ ހެލްތު މިނިސްޓަރ އަބްދުﷲ އަމީންއެވެ. ޑަބްލިޔުއެޗްއޯގެ ފަރާތުން މިތަކެތި ހަވާލުކޮށްދީފައިވަނީ އެ ޖަމްއިއްޔާާގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ މަންދޫބު ޑރ.އަރްވިންދު މާތުރްއެވެ.

މިއާއި އެކު އެ ޖަމްއިއްޔާއިން ވަނީ ދިވެހިރާއްޖެއަށް ޖުމްލަ 11،000އެއްހާ ޓެސްޓް ކިޓް ހަދިޔާކޮށްފައެވެ. ދިވެހިރާއްޖެ ހިމެނިފައިވަނީ އާބާދީއާއި އަޅާބަލާއިރު، ދެކުނު އޭޝިޔާ ސަރަހައްދުން އެންމެ ގިނައިން ޓެސްޓްކުރި އެއް ގައުމުގެ ގޮތުގައެވެ.

ފޮޓޯ: ސަން

Advertisement

ކޮމެންޓް