Advertisement

ކޮވިޑް-19 އާއި ގުޅިގެން އެންޒީ މަސްދަޅުގެ އަގުހެޔޮކޮށްފި

06 Apr 2020 | 14:46

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ކަސްޓަމަރުންނަށް ލުއެއް ދިނުމުގެ ގޮތުން އެންޒީ މަސްދަޅުގެ އަގުހެޔޮކުރުމަށް ނިންމައިފިއެވެ.

އެންޒީން ބުނީ އަގަށް ބަދަލު ގެނެވިފައިވަނީ ކޮވިޑް 19 ގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ މާލީ ދަތިތަކާއި ގުޅިގެންއާއި އަދި ކުރިއަށްއޮތް ބަރަކާތްތެރި ރަމަޟާންމަސް ކަމަށްވެފައި އެންމެ ގިނައިން ގޭގޭގައި ބޭނުންކުރައްވާ އެއް ޕްރޮޑަކްޓްއަކީ މަސްދަޅު ކަމަށްވާތީ ރައްޔިތުންނަށް ވީހާވެސް ބޮޑު ލުޔެއް ހޯދައިދިނުމުގެ މަޤްސަދުގައި ކަމަށެވެ.

މިގޮތުން ތެޔޮ މަސްދަޅެއް15 ރުފިޔާއިން 12ރުފިޔާއަށް އަދި ފެން މަސްދަޅެއް އެންމެ 11.50ރ އަށް ވަނީ އަގު ކުޑަ ކުރެވިފައެވެ. އަދި ކޭސް ނަންގަވާނަމަ، ތެޔޮ މަސްދަޅު ކޭހެއް 555ރ އަށް އަދި ފެން މަސް ކޭހެއް 530ރ އަށް ލިބޭނެކަމަށް ވަނީ ބުނެފައެވެ.

އަދި މި ދުވަސްވަރު އެންޒީ އިން ގޭގެއަށާއި ދޯނިތަކަށް ބޭނުންވާ އަދަދަކަށް މަސްދަޅު ޑެލިވަރކޮށްދޭކަމަށް ވަނީ ބުނެފައެވެ.

އެގޮތުން ހޮޓްލައިން ނަމްބަރ 7248899 (މާލޭގެ ކަސްޓަމަރުން) އަދި 7258899 (ހުޅުމާލޭގެ ކަސްޓަމަރުން) އަށް ހެނދުނު 08:30 އާއި ހަވީރު 04:00 ދެމެދު ގުޅުއްވުމަށްފަހު ބޭނުންފުޅުވާ ބާވަތް (ތެޔޮ/ފެން) އަދަދު، އެޑްރެސް އަދި ގުޅޭނެ ނަމްބަރ ދިނުމުން ޑެލިވަރކޮށްދޭނެއެވެ.

މަސްދަޅުގެ އަގު ހެޔޮ ކުރިކަމުގައި ވީނަމަވެސް މި ވަގުތު ހިނގަމުންދާ އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަންގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެއެވެ. އެހެންކަމުން ކޮންމެ ބޭފުޅަކުވެސް ދަޅުން ލޭބަލް ނައްޓާލެއްވުމަށްފަހު ލޭބަލްގެ ފަހަތުގައިވާ ސީރިއަލް ނަމްބަރު 5040 އަށް އެސް އެމް އެސް ކޮށްގެން ޕްރޮމޯޝަންގައި ބައިވެރިވެވޭނެކަމަށް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް