Advertisement

ދިރާގުން ސަރުކާާރު މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރުމަށް ބޮޑު ލުޔެއްދެނީ

06 Apr 2020 | 15:31

ކޮވިޑް19 އާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވުމުން، ދިރާގުން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީއާ ގުޅިގެން ސަރުކާރުގެ މުވައްޒަފުންނަށް ގޭގައި ތިބެގެން އޮފީސް މަސަކަތްކަތް ކުރުމަށް ލުއިފަސޭހަ ފޯރުކޮށްދިނުމުގެ ގޮތުން، ދިރާގުން ފޯރުކޮށްދޭ ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓްގެ ޒަރިއްޔާއިން ސަރުކާރުގެ ވިއުގަތަކަށް ހިލޭ ވަދެވޭނެގޮތް ހަދައިދީފިއެވެ.

މިދުވަސްވަރު ސަރުކާރުގެ ހުރިހާ އޮފީސްތަކާއި މުއައްސަސާތަކެއް ބަންދުކޮށްފައިވުމުން، ގޭގައި ތިބެގެން، ރިމޯޓް ވޯރކިންގގެ އެކި ވަސީލަތްތައް ބޭނުންކުރުމަށް އިންޓަނެޓްގެ ޚިދުމަތް މުވައްޒަފުންނަށް މިވަނީ ވަރަށް މުހިންމުވެފައިއެވެ. އެހެންކަމުން، މިފަދަ ހާލަތެއްގައި، ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުގެ މުވައްޒަފުންގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދިޔުމަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަކީ ދިރާގުން އެންމެ އިސްކަމެއް ދިން އެއްކަންތަކެވެ. އެގޮތުން، މިހާރު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ޚިދުމަތް މެދުވެރިކޮށް ސަރުކާރު މުވައްޒަފުންނަށް ރައްކާތެރިކަމާއެކު ސަރުކާރުގެ އެކި ޕޯޓަލް ތަކަށް ހިލޭ ވަދެވި، ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް އޮންލައިންކޮށް ފަސޭހަކަމާއެކު ކުރެވުމަށް މަގުފަހިވެގެންދާނެއެވެ.

ހަމަ މިއާއެކު، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން، ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުން ކުރުމުގައި އިތުރު ލުޔެއް ދިނުމުގެ ގޮތުން ދިރާގުން ވަނީ ހުރިހާ ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުންކުރުމަށް ދިރާގުން ކުރިން ހިލޭ ދީފައިވާ ޑޭޓާގެ މިންވަރު އެޕްރީލް އަދި މޭ މަހަށް އިތުރުކޮށްފައިއެވެ.

މިގޮތުން، ހުރިހާ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %50 އާއި %140 އާ ދެމެދުގެ އަދަދަކަށް ޑޭޓާ އެލަވެންސް އެޕްރިލް މަހުގައި ވަނީ ދީފައިއެވެ. އަދި މޭ މަހުގައިވެސް މި އިތުރު އެލަވަންސް ކަސްޓަމަރުންނަށް ލިބިގެން ދާނެއެވެ. އަދި ހަމައެއާއެކު، ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓަރތަކަށް ވަނީ %50 ޑިސްކައުންޓް ދީފައިއެވެ.

މީގެ އިތުރުން، ދިރާގު ޕޯސްޑްޕެއިޑް ކަސްޓަމަރުންނަށް އެޕްރިލު މަހު %50 އާއި %75 އާ ދެމެދުގެ އަދަދަކަށް އިތުރު ޑޭޓާ އެލަވަންސް ވަނީ ދީފައިއެވެ. އަދި މޭ މަހުގައިވެސް މި އިތުރު އެލަވަންސް ކަސްޓަމަރުންނަށް ލިބިގެން ދާނެއެވެ. އަދި، ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން އެޕްރީލު އަދި މެއި މަހު ނަންގަވާ ޑޭޓާ އެޑް-އޮން އަށް %50 އިތުރު ޑޭޓާ ލިބިގެންދާނެއެވެ.

Advertisement

ކޮމެންޓް