ދުނިޔޭގެ އެންމެ ތޮށް ޖެހިފައޮތް ރަށް، މާލެއެއް ނޫން

11 Nov 2018 | 11:50

ކުޑަ ތަންކޮޅެއްގައި އެންމެ ގިނަ މީހުން ދިރިއުޅެ ތޮށްޖެހިފައި އޮންނަތަނަކީ ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި ކަމަށް އަހަރުމެން ދިވެހިންނަށް ހީވިކަމުގައި ވިއަސް އެއީ އެންމެ ރަނގަޅު މައުލޫމާތެއް ނޫނެވެ.

ދުނިޔޭގެ އެންމެ ތޮށްޖެހިފަ އޮތް ތަނަކީ ސައުތް އެމެރިކާއަށް ނިސްބަތްވާ ކޮލޮންބިއާގެ ވެރިރަށަށް ކައިރި އޮންނަ ސަންޓާ ކުރޫޒް ޑެލް އިސްލޯޓޭ ކިޔާ ރަށެކެވެ. 1200 މީހުންގެ އާބާދީއެއް އޮންނަ މިރަށުގެ ފުޅާ މިނުގައި 390 ފޫޓު ހުންނައިރު ދިގުމިނުގައި ހުންނަނީ 700 ފޫޓެވެ. އެއީ ދެ ފުޓްބޯޅަ ދަނޑުވަރެވެ. ތޮށްޖެހޭ ނިސްބަތުން ބަލާނަމަ މިއީ އެމެރިކާގެ މެންހަޓަންއަށްވުރެ ހަތަރު ގުނަ ބޮޑު އަދަދެކެވެ.

މިރަށުގައި ގްރޭޑް 10 އަކައި ހަމައަށް ކިޔަވައިދޭއިރު، ރަށުގައި ދެ ކަންމަތީ ފިހާރައައި އެއް ރެސްޓޯރަންޓްވެސް ހުރެއެވެ.

ފެން ދައުރުވާ ރަނގަޅު ނިޒާމެއް ރަށުގައި ގާއިމް ކުރެވިފައ ނެތްއިރު މުޅި ރަށުގައިވެސް ހުންނަނީ ދުވާލަކު ފަސްގަޑިއަރަށް ހިދުމަތްދޭ ކަރަންޓު ގެނެރޭޓަރެކެވެ.

އެންމެން އެކަކު އަނެކަކު ދެކިފަރިތަކަމުން ރަށުގައި ފުލުސް އިދާރާއެއް ގާއިމްކޮށްފައެއް ނުހުރެއެވެ.

މިރަށަކީ މީގެ 150 އަހަރު ކުރިން ފަޅު ރަށެކެވެ. އޭރު މިރަށް ބޭނުން ކުރެވެމުން އައީ މަސްވަރިން މަހަށް ގޮސް އެނބުރި ރަށަށްދާ މަގުމަތީގައި އަރާމުކޮށްލުމަށް މަޑުކުރުމަށާއި ތޫފާންތަކުން ސަލާމަތްވުމަށް ހިޔާ ހޯދާ ތަނެއްގެ ގޮތުގައެވެ.

ކަންތައްތައް މިހެން ދަމުންގޮސް މިރަށުގައި މަސްވެރިންގެ ތެރެއިން އެއްބައި މީހުން ގެއަޅައި ވަޒަންވެރިވީއެވެ. މިއަދު މިރަށުގައި އުޅެމުންދަނީ އެ މަސްވެރިންގެ ކާފަ ދަރިންނައި މުނި ކާފަ ދަރިންނެވެ.

Advertisement

ކޮމެންޓް