ސްޕައިޑަމޭން އިމާރާތްތަކަށް އެރުން މަނާކޮށްފި

11 Nov 2018 | 07:46

'ހިއުމަން ސްޕައިޑަރ' ނުވަތަ ސްޕައިޑަމޭންގެ ނަމުން މަޝްހޫރު 56 އަހަރުގެ އެލައިން ރޮބާޓް އަށް އިނގިރޭސިވިލާތުގެ އެއްވެސް އިމާރާތަކަށް އެރުން މަނާކޮށްފިއެވެ. އޭނާއަށް މި އަމުރު އައިސްފައިވަނީ ލަންޑަނުގައި ހުރި އެންމެ އުސް އިމާރާތުގެ ބޭރުން ގަވައިދާ ހިލާފަށް ސަލަމާތީ ގިއަރަކައި ނުލާ އަރާ ހުއްޓާ ބޭލުމަށްފަހުއެވެ.

662 ފޫޓުގެ ހެރޮން ޓަވަރުން ބޭލުމަށް ފަހު ފުލުހުންވަނީ ރޮބަޓް ހައްޔަރު ކޮށްފައެވެ. އޭނާވަނީ 45 މިނެޓުތެރޭ މި ޓަވަރުގެ ބޭރުން އެންމެ މައްޗަށް އަރާފައެވެ. ފުލުހުންގެ ސަމާލުކަމަށް މިކަންއައީ އެ ސަރަހައްދުގައި ތިބި މީހުން ކުޅި ބަލަން އެއްވުމައި ގުޅިގެންކަމަށް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

ރޮބާޓް ހައްޔަރުކުރެވުމައި ގުޅިގެން އޭނާވަނީ ވަގުތުން އަތުގައި އޮތް ޕާސްޕޯޓައި އޭނާގެ ވަކީލުގެ ނަންބަރު ފުލުހުންނައި ހަވާލުކޮށްފަކަމަށް މަންޒަރު ދުއް ފަރާތްތަކުން މައުލޫމާތުދެއެވެ.

މި މައްސަލައައި ގުޅިގެން ރޮބަޓްއަށްވަނީ 20 ހަފްތާގެ ޖަލު ހުކުމެއް އިއްވައި 5،500 ޕައުންޑުން ޖޫރިމަނާކޮށް، އިނގިރޭސިވިލާތުގެ އެއްވެސް އިމާރާތެއްގެ ބޭރުން މައްޗަށް އެރުންވެސް މަނާކޮށްފައެވެ.

ދުނިޔޭގެ އުސް އިމާރާތްތަކަށް އަރާކަމަށް މަޝްހޫރު ފްރާންސްގެ ރޮބާޓްވަނީ މީގެ ކުރިން ދުބާއީގައި ހުންނަ ބުރޫޖް ހަލިފާ އަދި ނިއުޔޯކްގައި ހުންނަ އެމްޕަޔާ ސްޓޭޓް އިމާރާތުގެ ބޭރުން މައްޗައް އަރާފައެވެ.  

Advertisement

ކޮމެންޓް