މާލޭ ސިޓީ ސަރަހައްދުގައި އިއުލާާންކުރި ކާފިއު އުވާލައިފި

09 Apr 2020 | 19:49

މާލޭ ސިޓީގައި ހަވީރު ފަހަކުން ފެށިގެން ރޭގަނޑު އަށަކަށް އިއުލާންކުރި ކާފިއު މިއަދުން ފެށިގެން އުވާލައިފިއެވެ.

މިކަން އާންމުކޮށް ވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުނު އެންގުމެއްގައި އިއުލާާންކޮށްފައެވެ.

މި އިއުލާންގައި ބުނެފައިވަނީ މިއަދުން ފެށިގެން މާލެ، ވިލިމާާލެ އަދި ހުޅުމާާލޭގައި ކޮންމެ ދުވަހެއްގެ ހަވީރު ފަހަކުން ރޭގަނޑު އަށަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމަތީގައި މީހުން އުޅުން ހުއްޓައިލުމާއި ޕަބްލިކް ޓްރާންސްޕޯޓް ހުއްޓާލުމަށް އެންގި އެންގުން ބާތިލްކުރާ ކަމަށެވެ.

ނަމަވެސް މާލޭގެ މަގުމަތީގައި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނައިން އެއްވެ އުޅުން ހުއްޓުވާނެކަމަށް ވަނީ ނިންމާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މާާލޭގައި ކާާފިއު އިއުލާާންކުރި ދުވަސްތަކުގައި މަގުމަތިން ވަނީ ގިނަބަޔަކު ހުއްޓުވާފައެވެ. އެހެންކަމުން އެހާ ކުޑަ ވަގުތުކޮޅަކަށް ކާފިއު ހިންގުމަކީ އެކަށީގެންވާ ކަމެއްތޯ ގިނަބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.

Advertisement

ކޮމެންޓް