Advertisement

ކޮވިޑް-19 އާއި ގުޅިގެން އީޔޫއިން ރާއްޖެއަށް ތިން މިލިޔަން ޔޫރޯގެ އެހީއެއް!

09 Apr 2020 | 20:16

މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން އީޔޫ ނުވަތަ ޔޫރަޕްގެ އިއްތިހާދުން ރާއްޖެއަށް ތިން މިލިޔަން ޔޫރޯގެ އެހީއެއްދޭން ނިންމައިފިއެވެ.

އީޔޫން އާންމުކުރި ބަޔާނެއްގައިވާ ގޮތުގައި ކޮވިޑް-19 އާއި ގުޅިގެން ދިމާވި އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީވުމުގެ ގޮތުން ޔޫރަޕްގެ އިއްތިހާދުންވަނީ ޖުމްލަ ތިން މިލިޔަން ޔޫރޯ ދިވެހިރާއްޖެއަށް ހަދިޔާކޮށްފައެވެ.

އޭގެ ތެރެއިން އެއް މިލިޔަން ޔޫރޯ ސިއްހީ ދާއިރާއަށް ޚާއްސަ ކުރެވިފައިވާއިރު،ބާކީ ދެ މިލިޔަން ރުފިޔާ ދިނުމަށް ހަމަޖެހިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ހަަރަކާތްތެެރިވާ ކުދި ވިޔަފާރިތަކާއި މުވައްޒަފުންނަށެވެ. މި އެހީތަކާާއި  ގުޅޭގޮތުން ވާހަކަދައްކަވަމުން އީޔޫގެ ފަރާތުން  ސްރީލަންކާއާއި ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާާ  ސަފީރު ޑެނިސް ޗައިބީ ވިދާޅުވީ މިފަދަ ހާލަތުގައި އީޔޫއާއި  ރާއްޖެއިން ގުޅިގެން މަސައްކަތްކުރުމުގެ ބޭނުން މާބޮަޑަށް  ޖެހިފައިވާ ކަމަށެވެ. އަދި މި ބައިނަލްއަގްވާމީ މައްސަލައާއި  ދެކޮޅަށް މަސައްކަތް ކުރެވޭނީ ގުޅިގެންކަމަށް އެބޭފުޅާ  ވިދާޅުވިއެވެ.

އަދި މިފަދައިން ގުޅިގެން މަސައްކަތްކުރުމުން ރާއްޖޭގެ  ސިއްހަތާއި ފަތުރުވެރިކަމުގެ ދާއިރާ ހަމައަކަށް އެޅި،  އަވަސް  މުސްތަގްބަލެއްގައި އީޔޫގައި ހިމެނޭ ގައުމުތަކުގެ މީހުން  ރާއްޖެއަށް ޒިޔާރަތްކުރެވޭނެކަމަށް ޑެނިސް ޗައިބީ ވިދާޅުވިއެވެ. 

އީޔޫގެ މި އެހީއާއި ގުޅިގެން ރާއްޖޭގެ ޚާރިޖީ ވަޒީރު  އަބްދުﷲ ޝާހިދު ވަނީ އެ ޖަމާއަތަށް ޝުކުރު  ދަންނަވާފައެވެ. އަދި ކޮވިޑް-19ގެ ވަބާއަކީ ބޯޑަރުތައް  ނުބަލާ ނުރައްކާތެރިކަމެއް ކަމުން ގުޅިގެން  މަސައްކަތްކޮށްގެން މެނުވީ އެކަމުން ސަލާމަތެއް ނެތްކަމަށް  އެބޭފުޅާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް