މާހެފުމުގެ މަތިން މިއަހަރު ހަނދާންވާނެދޯ؟

10 Apr 2020 | 12:39

ކޮންމެ ހިޖުރީ އަހަރެއްގައިވެސް ދިވެހިންނަށް އަންނަ  އެންމެ  ޚާއްސަ މަހަށް ވެގެންދަނީ ބަރަކާތްތެރި ރަމަޟާން މަހެވެ.  ރަމަޟާން މަހާއި ގުޅިގެން ޒަމާނުއްސުރެ ދިވެހި މުޖުތަމައުގައި ކުރެވޭ މުހިންމު ކަންތައްތަކެއް ހުރެއެވެ.  އެގޮތުން ފާާހަގަކޮށްލެވޭ އެންމެ ބޮޑު އެއްކަމަކަށްވާނީ މާހެފުމެވެ.

މާހެފުން ފެށިގެން ދިޔަ ގޮތެއް މިހާތަނަށް އެނގިފައެއް  ނުވެއެވެ. ނަމަވެސް މިއީ އެތަކެއް އަަހަރެއް ވަންދެން ދިވެހި  މުޖުތަމައުގެ އަފްރާާދުން، އާއިލާާއާއި އަވައްޓެރިންނާއި އަދި  ރަހުމަތްތެރިންނާއި އެކު ކުރަމުންދާ ކަމެކެވެ. މީގެ  އަހަރުތަކެއް ކުރިން މާހެފުމުގެ ސުފުރާތައް މަތިން  ހަމައެކަނި ކުޅިފާާރޮއްޓާއި ފޮނިފާރޮއްޓާއި އަދި އަވެލި ފަދަ  ތަކެތި ފެނުނަސް، މިހާރު އެތަކެތީގެ އިތުރުން ހުޅަނގުގެ  ތަފާާތު ކާނާގެ ބާވަތްތައްވެސް ދަނީ ފެންނަމުންނެވެ.  ޒަމާނާއި އެއްގޮތަށް މާާހެފުންވެސް ހޭނެން ފެށީއެވެ.

ކޮންމެ ބާވަތެއްގެ ކާއެއްޗެއް ހުއްޓަސް މާާހެފުމަކީ އޭގެ  ސަަބަބުން ގުޅުންތައް ބަދަހިކޮށްދޭ ކަމެކެވެ.  އުފާާވެރިކަންމަތީ ބަރަކާތްތެރިވެގެންވާ މައްސަރަކަށް ދިވެހިން ކިޔާ ފޮނި މަރުހަބާއެކެވެ.

އެހެނަސް، މިއަހަރު އެކަން ވެދާނެތޯ ގިނަބަޔަކު ދަނީ ސުވާލުއުފައްދަމުންނެވެ. ކޮވިޑް-19 ގެ ނުރައްކާތެރި  ވަބާާގެ ބިރުގައި މުޅި ދުނިޔެ އޮތްއިރު، ދިވެހިރާއްޖެވެސް އޮތީ އެ ބިރުވެރިކަމުގެ މަތީގައެވެ. ރައްކާތެެރިކަމުގެ ފިޔަވަޅެއްގެ  ގޮތުން މުޅި ގައުމުވެސް މިވަނީ އިޖްތިމާއީ ގައިދުރުކަން  އިސްކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އެޕްރީލްމަހުގެ 24ވަނަ ދުވަސް ހިސާބުގައި ރޯދަމަސް ފެށިގެންދާއިރު ބޮޑެތި  މާާހެފުންތައް ނުބޭއްވޭނެކަން ވަނީ ޔަގީނާއި ގާތަށް އައިސްފައެވެ.

ނަމަވެސް މިއީ މާހެފުމުގެ އާދަ ހުއްޓާލަންވީ ސަބަބެއް  ނޫނެވެ. މިއީ ޓެކްނޮލޮޖީގެ ޒަމާނެވެ. ގޭތެރޭގައި ތިބި  ބައެއް  ތިބެގެން މާާހެފުމުގެ ފޯރި ނަގަންވީއެވެ. އިތުރު ބަޔަކު  ބައިވެރިކުރަން ބޭނުންނަމަ ވީޑިޔޯ ކޯލް ކުރަންވީއެވެ.  މާހެފުމުގެ މަތިން މިއަހަރުވެސް ހަނދާންވާނެދޯއެވެ؟

Advertisement

ކޮމެންޓް