Advertisement

އިނގިރޭސި ލީގުގެ ތާވަލުގެ ދަށުގައި އޮތް ޓީމުތަކަށް ކާމިޔާބު މެޗުތަކެއް

11 Nov 2018 | 02:18

އިނގިރޭސި ޕްރމިއަރ ލީގުގެ ތާވަލުގެ ދަށުގައި އޮތް ޓީމުތައް ބަލިނުވެ ހިފަހައްޓާލައިފިއެވެ. އެގޮތުން ކާޑިފް ސިޓީ އަދި ނިއުކާސަލް ޔުނައިޓެޑް މޮޅުވިއިރު ހަޑަސަލްފީލްޑް، ބާންލީ، އަދި ސައުތްހެމްޕްޓަން ކުޅުނު މެޗުތަށް ވަނީ އެއްވަރުކޮށްފައެވެ.

ކާޑިފް ސިޓީ މޮޅުވީ ބަރައިޓަންއާ ދެކޮޅަށް ކުޅެ 2-1 ކުންނެވެ. މިއީ މި ސީޒަނުގެ ލީގު މެޗަކުން ކާޑިފް މޮޅުވި ދެވަނަ ފަހަރެވެ.

ލިއުވިސް ޑަންކް 6 ވަނަ މިނެޓުގައި ޖަހައިދިން ލަނޑުން ބްރައިޓަން މެޗުގެ ކުރި ހޯދި ނަމަވެސް ކާޑިފްގެ ޕެޓަސަންވަނީ 28 ވަނަ މިނެޓުގައި ލަނޑެއްޖަހައި ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗުގެ 34 ވަނަ މިނެޓުގައި ބްރައިޓަންގެ ޑޭލް ސްޓެފެންސްއަށްވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

ކާޑިފް މޮޅުވި ލަނޑު ކާމިޔާބުކުރީ މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ސޮލް ބަމްބާ ޖަހައިދިން ލަނޑާއެކުއެވެ.

ސެލޮމޮން ރޮންޑޮން ޖަހައިދިން ދެ ލަނޑާއެކު ނިއުކާސަލްވަނީ މިސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ބޯންމައުތް ބަލިކޮށްލާފައެވެ. ބޯންމައުތްވެސް ވަނީ މި މެޗުގައި ލަނޑެއް ޖަހާފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ޖެފަސަން ލޭމާއެވެ.

ސައުތްހެމްޕްޓަން އަދި ވޮޓްފޯޑް ބައްދަލުކުރި މެޗު 1-1 ކުން އެއްވަރުވެގެން ނިމުނުއިރު ސައުތްހެމްޕްޓަންގެ ލަނޑު ޖަހައިދިނީ ގަބިއަޑިއާނީއެވެ. އަދި ވޮޓްފޯޑުގެ ލަނޑު ޖަހައިދިނީ ޕެރޭޔާއެވެ.

ލެސްޓާ ސިޓީއާއި ބާންލީ ބައްދަލުކުރި މެޗު 0-0 ކުން އެއްވަރުވިއިރު ހަޑަސްފީލްޑް އަދި ވެސްޓް ހަމް ބައްދަލުކުރި މެޗުވެސްވީ 1-1 ކުން އެއްވަރެވެ.

Advertisement

ކޮމެންޓް