މެލޭޝިޔާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހި ރައްޔިތަށް ފަރުވާދީ ދޫކޮށްލައިފި

10 Apr 2020 | 21:54

ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން މެލޭޝިޔާގައި ފަރުވާދިން ދިވެހި ފަރާތް ބަލި ރަނގަޅުވެގެން ދޫކޮށްލައިފިކަމަށް ހާމަކޮށްފިއެވެ.

މިރޭ ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ފޮރިން މިނިސްޓްރީއާއި ބައިނަލްއަގްވާމީ ސިއްހީ ފަރާތްތަކާއި ގުޅިގެން ބެލި ބެލުމުން މެލޭޝިޔާގައި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ.

އަދި އެފަރާތަށް ބައްޔަށް ފަރުވާދީ މިހާާރު ހޮސްޕިޓަލުން ދޫކޮށްފައިވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

މިކަމާާއި ގުޅިގެން މެލޭޝިޔާއިން އައި ދިވެހިންގެ ތެރެއިން އެފަރާތާއި ކްލޯސް ކޮންޓެކްޓް ވެފައިވާ ފަރާތެއްވޭތޯ ބެލުމަށްޓަކައި ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފާާހަގަކުރެއްވިއެވެ.

ނަޒްލާ އިތުރަށް ވިދާޅުވީ ދިވެހިރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޓެސްޓްކުރުމަށް 2500 ސާާމްޕަލް ނެގިފައިވާއިރު، ޕޮޒިޓިވްވި މީހުންގެ އަދަދަށް ބަދަލެއް ނާންނަކަމަށެވެ. އަދި މިވަގުތު ފަރުވާގައި ދިވެހިރާއްޖޭގައި ތިބީ ހަތަރު ދިވެހިންކަމަށް ވިދާޅުވިއެވެ.

މިހާާތަނަށް ނަތީޖާ ނުލިބި އޮތް ސާމްޕަލްތަކުގެ އަދަދަކީ ދިހައެކެވެ.

Advertisement

ކޮމެންޓް