މާލޭ ސަރަހައްދުގައި ޖަމާއަތުގައި ނަމާދަށް އެރުން މަނާކުރާ މުއްދަތު އިތުރުކޮށްފި

11 Apr 2020 | 17:30

މިހާރު ފެތުރެމުންދާ ކޮވިޑް-19އާއި ގުޅިގެން މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ފަރުޟު ނަމާާދުކުރުން ވަގުތީގޮތުން މެދުކަނޑާލި މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، މާލެ، ހުޅުމާލެ، ވިލިމާލެ އަދި ރިސޯޓްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައި އޮތުން، އެޕްރީލް 18ވާ ހޮނިހިރު ދުވަހުގެ އަސުރުނަމާދުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން އޮތްގޮތުން އެ މުއްދަތު ހަމަވާން އޮތީ މިއަދު އަސްރު ނަމާދާއި ހަމައަށެވެ.

މިނިސްޓްރީން ވަނީ ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލިނަމަވެސް ފަރުޟު ނަމާދުތަކަށް ރައްކާތެރިވުމަށާއި، ދުއާކުރުމަށް އާންމުންނަށް އިލްތިމާސްކުރައްވާފައެވެ.

އަދި މީގެ އިތުރުން މިހާރުވެސް ނަމާދަށް ބަންގިގޮވާއިރު ގޭގައި ނަމާދުކުރުމަށް އެދޭކަން ފާހަގަކޮށްފައެވެ.

Advertisement

ކޮމެންޓް