Advertisement

ކޮވިޑް-19 އަށް ފަސްވަނަ ދިވެއްސަކު ޕޮޒިޓިވްވެއްޖެ

12 Apr 2020 | 12:39

ކޮވިޑް-19 އަށް ފަސްވަނަ ދިވެއްސަކު ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނީ އެރިޔަދޫ ކަރަންޓިން ފެސިލިޓީ ގައި ކަރަންޓީނު ކުރެވިފައިވާ ދިވެއްސެއް ކޯވިޑް19‬⁩ އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.  ފިލިޕީންސް އިން އެނބުރި އައި މި މީހާ އަކީ މި ބައްޔަށް ޕޮޒިޓިވްވި 5 ވަނަ ދިވެހި މީހާއެވެ.

އޭނާ މިހާރު ދަނީ ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް ކުރެވެމުންނެވެ. 

ދިވެހިރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދަކީ މިހާރު ވިއްސެވެ. އޭގެ ތެރެއިން ރާއްޖޭގައި ފަރުވާދެމުންދަނީ ފަސް ދިވެހިންނަށެވެ. އަދި ދެ މީހަކު ތިބީ ގައުމުން ބޭރުގައެވެ.

Advertisement

ކޮމެންޓް