ޒުވާބެއްގެ ތެރެއިން އަނބިމީހާގެ ނޭފަތުގައި ދަތްއެޅި ފިރިއަކު ހައްޔަރުކޮށްފި

12 Apr 2020 | 20:42

ދެމަފިރިންގެ ދެމެދުގައި ހިނގި ޒުވާބެއް ހޫނުވެ، އަނބިމީހާގެ ނޭފަތުގައި ދަތްއެޅި ފިރިއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އދ.ފެންފުށީގައެވެ.

އެގޮތުން އެ ދެފަރާތް ޒުވާބުކުރަމުން ގޮސް، އަނބިމީހާގެ ނޭފަތުގައި ފިރިމީހާ ދަތްއަޅާފައިވާކަމަށް މިހާތަނަށް ބެލި ބެލުމުން އެނގެން އެބައޮތްކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ އަންހެންމީހާގެ ނޭފަތުން ދަތްެއެޅިކަމުގެ ނިޝާން ފެންނަން ހުރިކަމަށްވެސް ވަނީ ބުނެފައެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން މިއަދު ވަނީ ކޯޓު އަމުރެއްގެ ދަށުން 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދަށް އދ.މާމިނގިލީ ކޯޓުން ވަނީ ފަސް ދުވަސް ޖަހައިދީފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

ކޮމެންޓް

Advertisement