ކޮވިޑް-19އަށް ރާއްޖޭގައި ޓެސްޓް ކުރެވުނު ފުރަތަމަ ދިވެހި މީހާ ރަނގަޅުވެއްޖެ

13 Apr 2020 | 12:32

ކޮވިޑް-19އަށް ދިވެހިރާއްޖޭގައި ޓެސްޓް ކުރެވުނު ފުރަތަމަ ދިވެހި މީހާ ރަނގަޅުވެއްޖެއެވެ.

އިނގިރޭސިވިލާތުން އައި މި މީހާ ޕޮޒިޓިވްވިކަން ސަރުކާރުން ހާމަކުރީ މާޗްމަހުގެ 27ވަނަ ދުވަހުގައެވެ. އެއީ އެމަހުގެ 22ވަނަ ދުވަހުގައި ދިވެހިރާއްޖެއަށް އައި އުމުރުން 38 އަހަރުގެ ދިވެއްސެކެވެ.

މިއާއިއެކު، އެމީހާ ވަނީ ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށް ފަރުވާދޭން ފަށާފައެވެ.

ރޭ ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑރ.މޫސާ މުރާދު ވިދާޅުވީ އެ މީހާގެ ބަލި މިހާރު ރަނގަޅުވެފައިވާ ކަމަށެވެ. އެގޮތުން ހެދި ދެ ޓެސްޓުންވެސް އޭނާ ޑަބަލް ނެގެޓިވްކަމަށް ދެއްކިކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދަކީ މިހާރު ވިއްސެވެ. އޭގެ ތެރެއިން އެކްޓިވް ކޭސްތަކުގެ ގޮތުގައި ރާއްޖޭގައި ފަރުވާދެމުންދަނީ ހަތަރު ދިވެހިންނަށެވެ.

Advertisement

ކޮމެންޓް

Advertisement