އެންޒީގެ "ވަރަށް ފައްކާ" ޕްރޮމޯޝަންގެ ފުރަތަމަ މަހުގެ ލަކީޑްރޯ ނަގައިފި

13 Apr 2020 | 16:33

މިއަހަރުގެ ފެބްރުއަރީމަހުގެ 15 އިން ފެށިގެން އެންޒީއިން ކުރިއަށް ގެންދާ "އެންޒީ ވަރަށް ފައްކާ މަސްދަޅު ޕްރޮމޯޝަންގެ" ފުރަތަމަ މަހުގެ (މާރޗް) ލަކީ ޑްރޯ ރޭ ނަގައިފިއެވެ.

މި ލަކީޑްރޯ ނަގާފައިވަނީ ޓީވީއެމްއިން ލައިވޮކޮށް ރޭގަ 10 އެއް ޖެހިއިރު ގެނެސްދިން ޕްރޮގްރާމުގެ ތެރޭގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކޮންމެ މަހަކު ގުރުއަތު ނެގުމަށްފަހު ފައިސާގެ އިނާމުގެ ގޮތުގައި 1،000ރ ،5،000ރ،10،000ރ ނަސީބުވެރި 3 ފަރާތަކަށް ލިބިގެންދާނެއެވެ. މި ޕްރޮމޯޝަންގައި ރޭގަ ނެގުނު ލަކީ ޑްރޯއިން މާރޗްމަހަށް ހޮވުނު ނަސީބުވެރި 3 ފަރާތަށް އެންޒީއިން ފައިސާއާއި ހަވާލުވުމަށް ވަޑައިގެންނެވުމަށް އަންގާފައެވެ.

ލޭބަލްކޮޅު ދަޅުން ނައްޓާ ލެއްވުމަށްފަހު ލޭބަލްގެ ފަހަތުގައިވާ ސީރިއަލް ނަމްބަރ 5040 ކަށް މެސެޖް ކޮށްލެއްވުމުން އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. އަދި 15 ފެބްރުވަރީ އިން 31 ޖުލައި، މި މުއްދަތުގެ ތެރޭގައި އެސް އެމް އެސް ކުރަށްވާފައިވާ ހުރިހާ ބޭފުޅުންގެ މެދުގައި ގްރޭންޑް ލަކީ ޑްރޯއެއް ނެގިގެންދާނެއެވެ. އެގޮތުން ގްރޭންޑް ލަކީ ޑްރޯގެ ނަސީބުވެރި 3 ފަރާތަކަށް ފައިސާގެ އިނާމުގެ ގޮތުގައި 30،000ރ ،50،000ރ، 100،000ރ، ލިބިގެންދާނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެންޒީއިން މަސްދަޅުގެ އަގު 6 އޭޕްރިލް އިން ފެށިގެން ވަނީ ވަރަށް ބޮޑަށް ހެޔޮ ކޮށްފައެވެ. އަގަށް ބަދަލު ގެނެވިފައިވަނީ ކޮވިޑް 19 ގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ މާލީ ދަތިތަކާއި ގުޅިގެންނާއި އަދި ކުރިއަށްއޮތް ބަރަކާތްތެރި ރަމަޟާންމަސް ކަމަށްވެފައި އެންމެ ގިނައިން ގޭގޭގައި ބޭނުންކުރައްވާ އެއް ޕްރޮޑަކްޓްއަކީ މަސްދަޅު ކަމަށްވާތީ ރައްޔިތުންނަށް ވީހާވެސް ބޮޑު ލުޔެއް ހޯދައިދިނުމުގެ މަޤްސަދުގައިކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

މިގޮތުން ތެޔޮ މަސްދަޅެއް 12 ރުފިޔާއަށް އަދި ފެން މަސްދަޅެއް އެންމެ 11.50ރ އަށް ވަނީ އަގު ކުޑަ ކުރެވިފައެވެ. ކޭސް ނަންގަވާނަމަ، ތެޔޮ މަސްދަޅު ކޭހެއް 555ރ އަށް އަދި ފެން މަސް ކޭހެއް 530ރ އަށް ލިބިވަޑައިގަންނަވާނެއެވެ.

އަދި އެފަރާތުގެ ހޮޓްލައިން ނަމްބަރ 7248899 (މާލޭގެ ކަސްޓަމަރުން) އަދި 7258899 (ހުޅުމާލޭގެ ކަސްޓަމަރުން) އަށް ހެނދުނު 08:30 އާއި ހަވީރު 04:00 ދެމެދު ގުޅުއްވުމަށްފަހު ބޭނުންފުޅުވާ ބާވަތް (ތެޔޮ/ފެން) އަދަދު، އެޑްރެސް އަދި ގުޅޭނެ ނަމްބަރ ދެއްވުމުން އެންޒީއިން ޑެލިވާރ ކޮށްދޭނެއެވެ.

Advertisement

ކޮމެންޓް