Advertisement

ސަރުކާރުން ނެރުނު ކުއްލި މެމޯއާއެކު ސިއްހީ ހިދުމަތްތެރިންގެ މިމަހުގެ މުސާރަ ކުޑަކޮށްފި!

15 Apr 2020 | 14:29

ސަރުކާރުން ކުއްލިގޮތަކަށް ސިއްހީ ހިދުމަތްތެރިން ( ނަރުހުން، ޑޮކްޓަރުން، ލެބް ޓެކްނީޝަނުން (ޑައިރެކްކޮށް ރިސްކަށް ހުށަހެޅޭ މުވައްޒަފުން) އިތުރުން އިދާރީ މުވަޒަފުން)ގެ މުސާރަ އުނިވާފަދަ ބަދަލުތަކެއް ގެނެސްފިއެވެ.

އެގޮތުން އިއްޔެ ސަރުކާރުގެ މައި ހޮސްޕިޓަލް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ނެރެފައިވާ އިންޓާނަލް މެމޯއެއްގައި ބުނެފައިވާގޮތުގައި ކޮވިޑް-19 އާއި ގުޅިގެން މާރޗް 19 އިން ފެށިގެން ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމާފައި ވީނަމަވެސް، ނަރުހުންނަށް މުސާރަ ދިނުމަށް ނިންމާފައިވަނީ ރަސްމީ ދުވަސް ދުވަހުވެސް އަމަލުކުރާ ފަދައިން އެމުވަޒަފެއްގެ ޑިއުޓީ ގަޑީގެ މަސައްކަތް ކޮށްފައިވާ ގަޑިތަކަށްކަމުގައި އެ މެމޯގައިވެއެވެ. އެއީ ދުވާލަކު 8 ގަޑިއިރަށްވުރެން އިތުރަށް މަސައްކަތްކޮށްފައިވާ ވަގުތުތަކަށް އަދި އެހެނިެން މުވަޒަފުންނަށް ދުވާލަކު 6 ގަޑިރަށްވުރެން އިތުރަށް މަސައްކަތްކުރާ ނަމަ އެވަގުތަށް އިތުރުގަޑި ދެވޭނެކަމަށެވެ.

މި ގެނެވުނު ބަދަލާއެކު ސިއްހީ ހިދުމަތްތެރިންގެ ތެރޭގައި ހިމެނޭ ނަރުހުން، ޑޮކްޓަރުން، ލެބް ޓެކްނީޝަނުން (ޑައިރެކްކޮށް ރިސްކަށް ހުށަހެޅޭ މުވައްޒަފުން) އިތުރުން އިދާރީ މުވަޒަފުންނަށްވެސް މި މެމޯގެ ދަށުން މުސާރަ ކުޑަވެގެންދާނެއެވެ.

އައިޖީއެމް ހޮސްޕިޓަލުން މީގެ ކުރިން އެޗްއާރުން ކަންތައްކުރާ އުސޫލަކީ، ރަސްމީ ބަންދު ދުވަސްތަކަކީ އެކްސްޓްރާ ދުވަހެއްގޮތުގައި ބަލައި އެ ދުވަހުގެ މުސާރަ ދިނުމުގައި މުޅި ދުވަހަކީ އޮފް ދުވަހެއް ގޮތުގައި ބަލައި، މުޅ ދުވަހު ކުރާ މަސައްކަތައް އޯޓީ ދިނުމެވެ.

އެހެންކަމުން ސަރުކާރު ބަންދުކުރަން ނިންމާފައި ވާ ނިންމުމާއެކު، ކުރީގައި އަމަލު ކުރާ އުސޫލުން ކުރާނަމަ މި މަހުގެ މުސާރަ ބޮޑުވާނެއެވެ. 

އެހެންކަމުން މިއީ ކޮވިޑް19 އާއި ގުޅިގެން އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން އަންނަ ނަރުހުންނާއި، ޑޮކްޓަރުންނަށް މުސާރައިން ބޮޑު ބައެއް އުނިވެގެން ދާނެކަމެއްކަން ފާހަގަކޮށްލަންޖެހެއެވެ.

މީގެ އިތުރުންވެސް ގެއްލުންވާ ޒާތުގެ މަސައްކަތް ކުރާ ފާރާތްތަކަށް ދެވޭ ރިސްކް އެލަވަންސްވެސް އެ ސިއްހީ ހިދުމަތް ދެވޭ ފަރާތްތަކަށް ދެވިފައިނުވާކަން ފާހަގަކޮށްލަންޖެއެވެ.

"ވޮއިސް" އާއި ވާހަކަ ދެއްވި ނަރުހުން މައުލޫމާތު ދިންގޮތުގައި މިއީ މުޅި ދުވަސް ކޮވިޑް19 އާއި ދެކޮޅަށް މަސައްކަތްކުރަމުން އަންނަ ސިއްހީ ހިދުމަތްދޭ ފަރާތްތަކުގެ އަގު ސަރުކާރުން އަގު ނުކުރާކަންކަމަށް ބުނެފައެވެ. އަދި ސިއްހީ ހިދުމަތްތެރިން ބޭނުންވަނީ ތިން އިރު "ޝުކުރު" ދެންނެވުމެއްނޫންކަމަށްވެސް ބުނެފައިވެއެވެ.

ސަރުކާރުން މި ނިންމި ނިންމުމާއި ގުޅިގެން ގިނަ އަދަދެއްގެ ސިއްހީ ހިދުމަތްދޭ ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި އަޑު އުފުލަމުންނެވެ.

ވޮއިސްގެ ފަރާތުން އިއިޖީއެމް ހޮސްޕިޓަލަށްގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވުމުން ވަނީ އެ ހޮސްޕިޓަލްގެ ބަހެއް ލިބޭގޮތްނުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ސިއްހީ ހިދުމަތްތެރިންނަށް ހާއްސަގޮތްތަކެއް ހައްދަވައި ދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވަނީ މިކަން ބެއްލެވުމަށްފަހު ޖަވާބު އަރުވާނެކަމަށް މައުލޫމާތު އަރުވާފައެވެ.

ކުއްލި ހާލަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބަންދު ދުވަހުގެ އިނާޔަތް ނުލިބޭނެ

ކޮރޯނާވައިރަސް އާ ގުޅިގެން ރައީސް އޮފީހުން ދައުލަތުގެ އޮފީސްތައް ނުހުޅުވާ ގޮތަށް ހަމަޖެއްސުމާ ގުޅިގެން، އެ މުއްދަތުގައި މުވައްޒަފުންނަށް އިތުރުގަޑީ އެލަވެންސާއި ބަންދު ދުވަސްތަކުގެ އިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތް ބަޔާންކޮށް މި މަހުގެ ނުވަ ވަނަ ދުވަހު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވާ ދައުލަތުގެ އޮފީސްތަކަށް ވަނީ ސާކިއުލާއެއް ފޮނުއްވައިފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ރައީސް އޮފީހުން މި މަހުގެ އަށް ވަނަ ދުވަހު ނެރުނު ދެންނެވުމުގައި މިހާރު ސަރުކާރު ބަންދުކޮށްފައިވާ ދުވަސްތަކަކީ ސިއްހީ ހާއްސަ ހާލަތަކާ ގުޅިގެން، ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވާ ދުވަސްތަކެއް ކަމަށާއި، އެ ދުވަސްތަކަކީ ރާއްޖޭގެ ގައުމީ ބަންދު ދުވަސްތަކާއި، ސަރުކާރު ބަންދު ދުވަސްތަކުގެ ތެރޭގައި ނުހިމެނޭ ދުވަސްތަކެއް ކަމުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އިތުރުގަޑީގެ ފައިސާ ދިނުމުގައި ބަންދު ދުވަސްތައް ކަމަށް ބަލާނީ ރައީސް ކަނޑައަޅުއްވާ ބަންދު ދުވަސްތަކާއި ސަރުކާރުގެ ބަންދު ދުވަސްތައް ކަމަށް ސާކިއުލާގައި ބުނެފައިވެ އެވެ.

"މަސައްކަތު ދުވަހެއްގެ ރަސްމީ ގަޑީގެ ބައެއްގައި ނުވަތަ ރަސްމީ މަސައްކަތު ގަޑީގެ ފަހުގެ ވަގުތުތަކެއްގައި މުވައްޒަފަކު ލައްވާ މަސައްކަތް ކުރުވި ކަމުގައި ވިޔަސް، އިތުރުގަޑީގެ ފައިސާ ދޭންވާނީ އެ މުވައްޒަފަކު ލައްވާ މަސައްކަތް ކުރުވަން ފެށި ވަގުތުން ފެށިގެން ހަ ގަޑިއިރު ހަމަކުރުމަށްފަހުގައެވެ." ސާކިއުލާގައި ބުނެފައިވެއެވެ.


Advertisement

ކޮމެންޓް