Advertisement

ކޮވިޑް-19 އަށް ފަރުވާދެމުންދިޔަ ދެ ދިވެއްސަކު ރަނގަޅުވެއްޖެ

14 Apr 2020 | 21:38

ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ދިވެހިރާއްޖޭގައި ފަރުވާދެމުންދިޔަ ދެ ދިވެއްސެއްގެ ބަލި ރަނގަޅުވެއްޖެއެވެ.

މިކަން ވަނީ އެޗްޕީއޭގެ ފަރާތުން ހާމަކޮށްފައެވެ.

އެޗްޕީއޭގެ ފަރާތުން ކުރި ޓްވީޓެއްގައި ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ފަރުވާދެމުންދިޔަ ދެ ދިވެއްސެއް ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އެގޮތުން އެ ފަރާތްތަކުގެ ޓެސްޓްގެ ނަތީޖާ ޑަބަލް ނެގެޓިވްވެފައިވާކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

މިއާއި އެކު މިހާރު ކޮވިޑް-19 އަށް ދިވެހިރާއްޖޭގައި ފަރުވާދެމުންދާ މީހުންނަކީ އެންމެ ދެމީހުންކަން ފާހަގަކޮށްލެވެއެވެ. އެ ދެމީހުންނަކީވެސް ދިވެހިންނެވެ.

ދިވެހިރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ ވިއްސެވެ.

Advertisement

ކޮމެންޓް