ސިއްހީ ހިދުމަތްތެރިންނަށް ހާއްސަ އެލަވަންސް ޕޮލިސީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި!

15 Apr 2020 | 12:34

ސިއްހީ ހިދުމަތްތެރިންނަށް ސްޕެޝަލް އެލަވަންސް ޕޮލިސީ އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ސަރުކާރުކާރުން ހާމަކުރައްވައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ މިރޭ ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒްއެވެ.

ސިއްހީ ހިދުމަތްތެރިންނަށް ސްޕެޝަލް އެލަވަންސް ޕޮލިސީ އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަން ސަރުކާރުން ހާމަކުރައްވާފައި މިވަނީ މީގެ ދެ ދުވަސްކުރިން، ކުއްލި ގޮތަކަށް ސަރުކާރުން ނެރެފައިވާ މެމޯއަކާއި ގިނަ އަދަދެއްގެ ސިއްހީ ހިދުމަތްތެރިންގެ އެކަމާއި ދެކޮޅަށް އަޑުއުފުލަމުން ދާ ދަނޑިވަޅެއްގައެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ނެރެފައިވާ އިންޓާނަލް މެމޯއެއްގައި ބުނެފައިވާގޮތުގައި ކޮވިޑް-19 އާއި ގުޅިގެން މާރޗް 19 އިން ފެށިގެން ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމާފައި ވީނަމަވެސް، ނަރުހުންނަށް މުސާރަ ދިނުމަށް ނިންމާފައިވަނީ ރަސްމީ ދުވަސް ދުވަހުވެސް އަމަލުކުރާ ފަދައިން އެމުވަޒަފެއްގެ ޑިއުޓީ ގަޑީގެ މަސައްކަތް ކޮށްފައިވާ ގަޑިތަކަށްކަމުގައި އެ މެމޯގައިވެއެވެ. އެއީ ދުވާލަކު 8 ގަޑިއިރަށްވުރެން އިތުރަށް މަސައްކަތްކޮށްފައިވާ ވަގުތުތަކަށް އަދި އެހެނިެން މުވަޒަފުންނަށް ދުވާލަކު 6 ގަޑިރަށްވުރެން އިތުރަށް މަސައްކަތްކުރާ ނަމަ އެވަގުތަށް އިތުރުގަޑި ދެވޭނެކަމަށެވެ.

މި ގެނެވުނު ބަދަލާއެކު ސިއްހީ ހިދުމަތްތެރިންގެ ތެރޭގައި ހިމެނޭ ނަރުހުން، ޑޮކްޓަރުން، ލެބް ޓެކްނީޝަނުން (ޑައިރެކްކޮށް ރިސްކަށް ހުށަހެޅޭ މުވައްޒަފުން) އިތުރުން އިދާރީ މުވަޒަފުންނަށްވެސް މި މެމޯގެ ދަށުން މުސާރަ ކުޑަވެގެންދާނެއެވެ. 

Advertisement

ކޮމެންޓް