މިއަދު މެންދުރު ބާރަ ޖަހާއިރު ނޫސްވެރިންގެ ބައްދަލުވުމެއް!

15 Apr 2020 | 11:55

މިއަދު މެންދުރު 12:30ގައި ނޫސްވެރިންގެ ބައްދަލުވުމެއް ކުއްލިގޮތަކަށް ބޭއްވުމަށް ނިންމައިފިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވާނީ ހެލްތު މިނިސްޓަރ އަބްދުﷲ އަމީނާއި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ފަރާތުން ޑރ.އަލީ ލަތީފެވެ.

ކުރިން 12 ޖަހާއިރު ބޭއްވުމަށް ނިންމާފައިވާ ބައްދަލުވުން 12:30 ލަސްކޮށްފައިވަނީ މެންދުރު ނަމާދު ވަގުތައް ތަންދިނުމުގެ ކަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއަދު މާލެއިން ދިވެއްސަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނީ ‏މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސެއް ކޮވިޑް-19‬⁩ އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއީ މާލެއިން ފެނުނު ފުރަތަމަ ޕޮޒިޓިވްވި މީހާކަމަށް ވަނީ ބުނެފައެވެ.

އަދި މިއީ ދިވެހިންގެ ތެރެއިން މި ބައްޔަށް ޕޮޒިޓިވްވި 6 ވަނަ މީހާއެވެ،

‏މީނާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމަށް މިހާރު ދަނީ މަސައްކަތް ކުރެވެމުންނެވެ.

Advertisement

ކޮމެންޓް

Advertisement