Advertisement

މާލެއިން ކޮވިޑް-19 ފެނުން: ފިހާރަތައް ފުރާލައިފި، ބަލި އިތުރަށް ފެތުރުމުގެ ނުރައްކާ ބޮޑު

15 Apr 2020 | 12:52

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކު މާލެއިން ފެނުނުކަން އެޗްޕީއޭއިން އިއުލާންކުރުމާއެކު މާލެ ސަރަހައްދުގެ ފިހާރަތަކަށް ގިނަ އަދަދެއްގެ އާންމުން ވިޔަފާރި ކުރުމަށް އެއްވެެއްޖެއެެވެ.

އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި ‏މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސެއް ކޮވިޑް-19‬⁩ އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެހެންކަމުން އޭނާގެ ކޮންޓެކްޓް ޓްރޭސިން މަސައްކަތް މިހާރު ކުރެވެމުންދާ މި ދަނޑިވަޅުގައި ގިނަ އަދަދެއްގެ މީހުން އެއްވެ އުޅުމަކީ އިތުރަށް ބަލި ފެތުރިގަންނާނެކަމެއްކަމުން، ގޭގައި މިވަގުތު ތިބުމަށް ސިއްހީ ހިދުމަތްތެރިން އަންނަނީ އިރުޝާދު ދެއްވަމުންނެެވެ.

މިފަދަ ހާލަތެއްގައި އާންމުންގެ ތެރޭގައި ބަހައްޓަން ޖެހޭ އިޖްތިމާއި ގައިދުރުމަށް އިސްކަން ދިނުމަށް ގޮވާލާފައި ވީނަމަވެސް، ފިހާރަތަކުން ވިޔަފާރި ކުރާ ފަރާތްތައް ގިނަ ވުމުގެ ސަބަބުން މި ގައިދުރުކަން ބަހައްޓާ މަންޒަރެއް ނުފެނެއެވެ.

މާލެ ލޮކްޑައިންއަކަށް ގޮސްފިނަމަ، އަމަލު ކުރާނެ ގޮތް މީގެ ކުރިންވެސް އެޗްޕީއޭއިން ވަނީ އާންމު ކުރައްވާފައެވެ. އެގޮތުން މާލެ އެކި ސަރަހައްދު ތަކަށް ބަހާލުމަށްފަހު، ސަރަހައްދުތަކުން ހޮވާލެވޭ ފިހާރަތަކަށް ޑެލިވަރީ ހިދުމަތް ދެވޭގޮތް ވަނީ ހަދާފައެވެ.

މިއީ މި ދަނޑިވަޅުގައި ގިނަ ބަޔަކަށް ކޮވިޑް-19 ގެ ނުރައްކަލަށް ހުށަހެޅޭނެ ކަމެއްކަމުން، ގޭގައި މަޑުކުރުމަށް ހުރިހާ ރައްޔިތުންނަށް އެޗްޕީއޭގެ ޓީމުގައި ހިމެނޭ ޑޮކްޓަރުން އަންނަނީ މިހާރު ސޯސަލް މީޑިއާގައި އަޑު އުފުލަމުންނެވެ.

Advertisement

ކޮމެންޓް

Advertisement