މާލެ 24 ގަޑިއިރުގެ ފުރަ ބަންދަކަށް!

15 Apr 2020 | 15:06

24 ގަޑިއިރުގެ ފުރަ ބަންދަކަށް މާލެ ސިޓީ ދިޔަކަމަށް އެޗްޕީއޭއިން އިއުލާންކޮށްފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކޮށް، އެޗްޕީއޭއިން ނެރުނު އެންގުމެއްގައި ބުނެފައިވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 34ވަނަ މާއްދާގެ ރ އާއި ޅ ގެ ދަށުން އެ އެންގުން އަންގާ ވަގުތުން ފެށިގެން ވަކި ގޮތެއް އަންގަންދެން 24ގަޑިއިރުގެ  މުއްދަތަކަށް އަންނަނިވި ފިޔަވަޅުތައް އެޅުމަށް އަންގާ ކަމަށެވެ.

އެގޮތުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދު ފަހަރު ދުއްވުމާއި މަގުމައްޗަށް ނިކުތުން މަނާކުރުމާއި، ޕަބްލިކް ޓްރާންސްޕޯޓް ހުއްޓާލުމާއި އަދި މާލެ، ހުޅުމާލެ، ވިލިމާލެ އަދި ތިލަފުއްޓަށް މީހުން އަރާފޭބުން މަނާވާނެކަމަށް ވަނީ ބުނެފައެވެ.

ނަމަވެސް މި ވަގުތުތަކުގައި ސިފައިންނާއި ފުލުހުން، ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތައް އަދި އެފަރާތްތަކުގެ އުޅަނދުތައް، އެންބިއުލާންސް އަދި އެންއީއޯސީގެ ފާސް ލިބިފައިވާ ފަރާތްތަކާއި މީޑިޔާތަކަށް އިސްތިސްނާވުން އޮންނާނެކަމަށް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް