Advertisement

ލޮކްޑައުންގައި ޑެލިވަރކޮށްދޭ ފަރާތްތަކުން ރަޖިސްޓަރވާނެ ގޮތަކީ މިއީ!

15 Apr 2020 | 19:23

މާލެ ސިޓީ 24 ގަޑިއިރުގެ ފުރަބަންދެއް ނުވަތަ ލޮކްޑައުންއެއްގެ ހާލަތަކަށް ގެންގޮސްފައިވާއިރު، ގިނަ ފިހާރަތަކާއި ކެފޭ/ރެސްޓޯރެންޓްތަކުން ދަނީ ޑެލިވަރީގެ ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ. މިކަމުގެ މައިގަނޑު ސަބަބަކީ މި ހާލަތުގައިވެސް އާންމުންގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުމަށް އެހީތެރިވުމެވެ.

މިފަދައިން ޚިދުމަތް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން މާލޭ ސިޓީ ކައުންސިލުން ގާއިމްކޮށްފައިވާ ޕޯޓަލެއްގައި ރަޖިސްޓަރވުމަށް ވަނީ އެދިފައެވެ. އެގޮތުން މާލޭ ސިޓީ ކައުންސިލްގެ ވެބްސައިޓަށް ވަދެގެން މި ޕޯޓަލްގައި ރަޖިސްޓަރވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ރެޖިސްޓަރ ކުރާ ލިންކް

މި ޕޯޓަލްގައި އިންނަ މެޕްއަކުން ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓްތައް ހުންނަ ހިސާބުތައްވެސް ބަލާލެވޭނެއެވެ.

މިކަމާއި ގުޅިގެން ވޮއިސްއަށް މައުލޫމާތު ދެއްވަމުން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ މި ޕޯޓަލްގައި ރަޖިސްޓަރވާ ފަރާތްތަކަށް ބޭނުންވާ ފާސް މާދަމާއިން ފެށިގެން ފުލުހުން ދޫކުރަން ފަށާނެކަމަށެވެ.

މިއަދު ހަވީރު ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ މާލޭ ސިޓީ ލޮކްޑައުން ކުރުމުގެ ހާލަތުގައިވެސް ޑެލިވަރީތައް ކުރަން ބޭނުންވާ ފަރާތްތަކަށް ކުރިންވެސް ދޫކޮށްފައިވާ ހުއްދައިގެ ދަށުން މިރޭ ބާރަ ޖެހުމާއި ހަމައަށް ޑެލިވަރީ ކުރުމުގެ ފުރުސަތު އޮންނާނެކަމަށެވެ. އަދި މިކަން އިތުރަށް ކުރިއަށް ގެންދާނެގޮތެއް ނިންމާނީ މިރޭގެ ތަޖުރިބާއަށް ބެލުމަށް ފަހުގައި ކަމަށް ނަވީން ވިދާޅުވިއެވެ.

Advertisement

ކޮމެންޓް