Advertisement

ފާސް ދޫކޮށްފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން އެމްޕީއެލްގެ ބަސް ދަތުރުތަކެއް!

16 Apr 2020 | 10:31

މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ފަރާތެއް ފެނުމާއި ގުޅިގެން ލޮކްޑައުންކޮށްފައިވާ ހާލަތުގައި ޚާއްސަ ފާސް ލިބިފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން އެމްޕީއެލްގެ ބަސް ދަތުރުތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

އެމްޕީއެލްގެ ފަރާތުން މާލޭ ސަރަހައްދުގެ ބަސް ދަތުރުފަތުރުގެ ކަންތައްތައް ކުރުމަށް އުފައްދާފައިވާ ގްރޭޓަރ މާލެ ޓްރާންސްޕޯޓް ލިންކުން ރޭ އާންމުކޮށްފައިވާ ގޮތުގައި ބޭރުގައި އުޅުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ވަކި ވަގުތުތަކެއްގައި، މާލެއާއި ހުޅުމާލެއާއި ދެމެދުގައި ބަސް ދަތުރުތައް ބާއްވާނެއެވެ.

އެގޮތުން ބަސް ދަތުރުތައް އޮންނާނެ ވަގުތުތައް ތިރީގައި މިވަނީއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކޮށް، އެޗްޕީއޭއިން ނެރުނު އެންގުމެއްގައި ބުނެފައިވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 34ވަނަ މާއްދާގެ ރ އާއި ޅ ގެ ދަށުން އެ އެންގުން އަންގާ ވަގުތުން ފެށިގެން ވަކި ގޮތެއް އަންގަންދެން 24ގަޑިއިރުގެ މުއްދަތަކަށް އަންނަނިވި ފިޔަވަޅުތައް އެޅުމަށް އަންގާ ކަމަށެވެ.

އެގޮތުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދު ފަހަރު ދުއްވުމާއި މަގުމައްޗަށް ނިކުތުން މަނާކުރުމާއި، ޕަބްލިކް ޓްރާންސްޕޯޓް ހުއްޓާލުމާއި އަދި މާލެ، ހުޅުމާލެ، ވިލިމާލެ އަދި ތިލަފުއްޓަށް މީހުން އަރާފޭބުން މަނާވާނެކަމަށް ވަނީ ބުނެފައެވެ.

ނަމަވެސް މި ވަގުތުތަކުގައި ސިފައިންނާއި ފުލުހުން، ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތައް އަދި އެފަރާތްތަކުގެ އުޅަނދުތައް، އެންބިއުލާންސް އަދި އެންއީއޯސީގެ ފާސް ލިބިފައިވާ ފަރާތްތަކާއި މީޑިޔާތަކަށް އިސްތިސްނާވުން އޮންނާނެކަމަށް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް