Advertisement

ޑެލިވަރީ ޚިދުމަތްތަކަށް ބޭނުންވާ ޚާއްސަ ސްޓިކަރ ދޫކުރަން ފަށައިފި

16 Apr 2020 | 10:40

މާލެ ލޮކްޑައުންގެ ހާލަތުގައި އޮތްއިރު ޑެލިވަރީތައް ކުރުމަށް ބޭނުންވާނެ ޚާއްސަ ހުއްދަ ސްޓިކަރ ދޫކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު ނުވަޔަކުން ފެށިގެން މާލެ، ވިލިމާލެ އަދި ހުޅުމާލެއިން މި ސްޓިކަރތައް ދޫކުރަމުން ގެންދާނެ ކަމަށެވެ.

އެގޮތުން މާލޭގައި މި ސްޓިކަރތައް ޓޯޔާޑުން (9790121) ދޫކުރާ އިރުގައި، ވިލިމާލޭގައި ދޫކުރާނީ ޕޮލިސް ސްޓޭޝަނުން (9790083)ނެވެ. ހުޅުމާލޭގައިވެސް މި ސްޓިކަރތައް ދޫކުރާނީ ޕޮލިސް ސްޓޭޝަނުން (4000007)ނެވެ.

މާލެ ލޮކްޑައުންއަކަށް ގެންގޮސްފައިވަނީ 24 ގަޑިއިރުގެ މުއްދަތަކަށެވެ. މި މުއްދަތު އިތުުރުކުރުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް