މިއަދު ފުރި މޯލްޑިވިއަންގެ ކާގޯ ފްލައިޓްގައި ތައިލޭންޑްގެ 55 މީހަކު އަނބުރާ އެގައުމަށް!

16 Apr 2020 | 11:10

މިއަދު ހެނދުނު މާލެއިން ފުރައިގެން ތައިލޭންޑްގެ ވެރިރަށް ބެންކޮކަށް ދަތުރުކުރި މޯލްޑިވިއަންގެ ޚާއްސަ ކާގޯ ފްލައިޓްގައި އެގައުމުގެ 55 ފަރާތެއް ތައިލޭންޑަށް ދަތުރުކޮށްފިއެވެ.

ބެންކޮކްގައި ތިބި ދިވެހިންނަށް ކެއަރ ޕެކޭޖް ގެންދިޔަ މި ފްލައިޓްގައި ދަތުރުކޮށްފައިވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދިޔަ ބައެއް ފަރާތްތަކާއި މަސައްކަތް ކުރަމުންދިޔަ ބައެއް ފަރާތްތަކެވެ. ދިވެހިރާއްޖެއާއި ތައިލޭންޑާއި ދެމެދު ތިން ރިޕެޓްރިއޭޝަން ފްލައިޓް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ ކުރިން މޯލްޑިވިއަންގެ ފަރާތުން މެލޭޝިޔާއަށް ބޭއްވި ޚާއްސަ ކާގޯ ފްލައިޓްގައިވެސް އެގައުމުގެ ބައެއް ރައްޔިތުން އަނބުރާ ގެންގޮސްދިންކަން ފާހަގަކޮށްލެވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ދަތުރުފަތުރުކުރުމުގެ ދާއިރާ އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިފައިވާއިރު، މޯލްޑިވިއަން އިން ދަނީ ބޭރު ގައުމުތަކުގައި ތިބި ދިވެހިންނަށް ކެއަރ ޕެކޭޖްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދެމުންނެވެ. އަދި ބޭރު ގައުމުތަކުން ދިވެހިން ގެނައުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

Advertisement

ކޮމެންޓް