ލޮކްޑައުންގެ ހާލަތުގައި ގެތަކުން ކުނި ނަގާނީ މެންދުރު 12 ން 2ކަށް!

16 Apr 2020 | 13:37

މާލޭ ސިޓީ މިވަގުތު އޮތް ލޮކްޑައުންގެ ހާލަތުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ފަރާތުން ގެތަކުން ކުނި ނަގާނެ ވަގުތު އިއުލާންކޮށްފިއެވެ.

ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު މުހައްމަދު މިއަދުން ފެށިގެން ވެމްކޯގެ ޚިދުމަތްތައް ލޮކްޑައުންގެ ހާލަތުގައިވެސް އާންމުންނަށް ލިބެމުންދާނެކަމަށެވެ. އެބޭފުޅާ ވިދާޅުވީ ލޮކްޑައުންގެ ހާލަތުގައި ކުންފުނިން ގެތަކުން ކުނި ނެގުމުގެ ޚިދުމަތް ފޯރުކޮށްދޭނީ ކޮންމެ ދުވަހެއްގެ މެންދުރު 12:00 އިން ފެށިގެން މެންދުރުފަހު 13:00 އާއި ދެމެދުގައި ކަމަށެވެ.

މި ވަގުތުތަކުގައި ގެތަކުގެ ތިރީ ފަންގިފިލާގައި ކުނި ބެހެއްޓުމަށް ވަނީ އެދިފައެވެ.

މިކަމުގެ ތަފްސީލްތައް ދެއްވަމުން ވެމްކޯގެ އޮޕަރޭޝަންސް މެނޭޖަރ ޝާން ވިދާޅުވީ ކުނި ނެގުމުގެ މަސައްކަތް ކުރާ މުވައްޒަފުން އެކަން ކުރާނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކަމަށެވެ. ނަމަވެސް އާންމުންގެ ފަރާތުންވެސް ކުރަން ޖެހޭ ބައެއް ކަންތައްތައް އެބޭފުޅާ ވިދާޅުވިއެވެ.

އެގޮތުން ކުނި ކޮތަޅުގެ ތިންބައިކުޅައަށް ވާވަރަށްވުރެ ގިނައިން ކުނި ނޭޅުމަށާއި، ކުނި ކޮތަޅު އެހެން ކޮތަޅަކަށް ލުމަށްފަހުގައި ރަނގަޅަށް އައްސާ ބަންދުކުރުމަށް އެދުނެވެ. އަދި ކުނީގެ ތެރެއަށް ތަޅައިގެން ގޮސްފައިވާ ބިއްލޫރިގަނޑެއްފަދަ ތޫނު އެއްޗެއްލާ ނަމަ ކަރުދާސްގަނޑަކަށް ލުމަށް ވަނީ އިރުޝާދު ދީފައެވެ. 

Advertisement

ކޮމެންޓް

Advertisement