މިހާތަނަށް 270 ސާމްޕަލްގެ ނަތީޖާ ނުލިބޭ!

16 Apr 2020 | 15:18

މިއަދު މެންދުރުފަހު 14:30 ވުމާއި ހަމައަށް ކޮވިޑް-19 އަށް ޓެސްޓްކުރެވުނު ސާމްޕަލްތަކުގެ ޖުމްލަ އަދަދު 3432 އަށް އަރައިފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި މިހާތަނަށް ދިވެހިރާއްޖެއިން ޕޮޒިޓިވްވެފައިވަނީ ޖުމްލަ 23 ފަރާތެކެވެ. އެއީ އަށް ދިވެހިންނާއި ފަނަރަ ބިދޭސީންނެވެ.

މިހާތަނަށް ރާއްޖޭގައި 3432 ސާމްޕަލް ޓެސްޓް ކުރެވުނު އިރުގައި އޭގެ ތެރެއިން ނެގެޓިވްވެފައިވަނީ 3139 ސާމްޕަލެވެ. 

އަދި ނަތީޖާ ނުލިބި 270 ސާމްޕަލް ވާކަންވެސް ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް

Advertisement