މިވަގުތު ބޭސް ޑެލިވާކުރާނީ ހަމައެކަނި ބޭސް ސިޓީއަށް: އެސްޓީއޯ

16 Apr 2020 | 19:41

މާލެ ސިޓީ ލޮކްޑައުންގައިވާ ހާލަތުގައި ބޭސް ސިޓީ ފޮނުވުމުން ކޮންމެހެން ބޭނުންވާ ބޭސްތައް، ގެއާ ހަމައަށް ފޯރު ކޮށްދޭނެ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.

އެސްޓީއޯއިން ބުނީ 7922035 ބޭސް ސިޓީއާއި ބަލިމީހާގެ އައިޑީކާޑު ފޮޓޯއެއް ފޮނުވައިދިނުމުން ގެއާ ހަމައަށް ބޭސް ގެންގޮސްދޭނެ ކަމަށެވެ.

އެސްޓީއޯގެ މީޑިއާ އޮފިޝަލް "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވާގޮތުގައި ޕެނެޑޯލް ފަދަ ބޭސްތައް އެސްޓީއޯގެ ފިހާރައަށް އައުމުން ލިބޭނެކަމަށެވެ. އެފަދަ ބޭހަކީ ބޭސް ސިޓީއާއި ނުލައި ނެގޭ ބޭސްކަމުން މިވަގުތު އެސްޓީއޯއިން ބޭސް ސިޓީ ނެތި ބޭސް ޑެލިވާ ނުކުރާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެސްޓީއޯގެ ބޭސް ޑެލިވަރީއަށް އެދިލަށްވާއިރު ޑެލިވަރީ ކުރަން ޖެހޭ ގޭގެ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ހިމަނަންވާނެ ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.

ދާއިމީ ބަލިތަކަށް ބޭސްކުރާ ފަރާތްތަކުން ބޭނުންކުރާ ބޭސް ރާއްޖެ އިން ލިބެން ނެތް ނަމަ އެ ބޭސް އެސްޓީއޯގެ ހެންވޭރު ފާމަސީން ގެނެސްދޭ ގޮތަށްވެސް އެކުންފުނިންވަނީ ހަމަޖައްސައިދީފައެވެ.

މިހިނގާ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު އެ ކުންފުނިން މިގޮތަށް ހަމަޖައްސައި ދިނީ ކޯވިޑް-19ގެ ހާލަތާއެކު ދާއިމީ ބަލިތަކަށް ބޭސް ފަރުވާ މީހުން ބޭނުންކުރާ ބޭހުގެ ތެރެއިން ރާއްޖެއިން ނުލިބޭ ބޭސް ގެނެސް ދިނުމަށް އެހީތެރި ވުމުގެ ގޮތުންނެވެ.

Advertisement

ކޮމެންޓް

Advertisement