Advertisement

ޕޭޝަންޓް 21އާއި ކޮންޓެކްޓްވި ފަރާތްތަކުގެ ޖުމްލަ އަދަދު 207 އަށް!

16 Apr 2020 | 18:54

މާލެއިން އިއްޔެ ހެނދުނު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ ނުވަތަ ޕޭޝަންޓް 21ގެ ކޮންޓެކްޓް ޓްރޭސިންގއިން މިހާތަނަށް 207 ފަރާތެއް ދެނެގަނެވިފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މިއަދު ހަވީރު ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މާލެއިން މިހާތަނަށް ފެނުނު ތިން ކޭސްއާއި ގުޅިގެން ބަލި ގޮސްފައިވަނީ ކާކުގެ ކިބައިން ކާކަށްތޯ މިހާތަނަށް ބެލި ބެލުމުން އެނގިފައި ނުވާ ކަމަށެވެ. ނަމަވެސް މި ފަރާތްތަކަށް ބަލި ޖެހުނު އިންޑެކްސް ކޭސް ހޯދުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރެވެމުންދާކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެބޭފުޅާ ވިދާޅުވީ މާލެއިން ފުރަތަަމަ ޕޮޒިޓިވްވި ޕޭޝަންޓް21 ގެ ކޮންޓެކްޓް ޓްރޭސިންގއާއި ގުޅިގެން މިހާތަނަށް އެކި ލެވެލްތަކުގައިވާ 207 ކޮންޓެކްޓް ހޯދިފައިވާ ކަމަށެވެ. 

އެގޮތުން ހައި ރިސްކް ކޮންޓެކްޓްގެ 75 މީހަކާއި، މީޑިއަމް ެރިސްކް ކޮންޓެކްޓްގެ 43 މީހަކާއި ލޯ ރިސްކް ގެ 89 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި ޕޭޝަންޓް  23ގެ ކޮންޓެކްޓް ޓްރޭސިންގގެ ތެރެއިން ހައި ރިސްކުގެ ގޮތުގައި ހަތް މީހުން އަދި މީޑިއަމް ރިސްކް ކޮންޓެކްޓްގެ ގޮތުގައި 28 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިހާ ބައިވަރު ފަރާތްތަކާއި ކޮންޓެކްޓްވާން މެދުވެރިވީ ޕާޓީތަކާއި މަސްދަތުރުތައް ފަދަ ތަންތަނުންކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް