އިސް ފަރާތްތަކުގެ އާއިލާތައް ކަރަންޓީން ނުކުރާ ތުހުމަތުތައް އަލީ ޒާހިރު ދޮގުކުރައްވައިފި

16 Apr 2020 | 22:36

ދިވެހިރާއްޖޭއިން ބޭރުގައި ތިބުމަށްފަހު ކޮވިޑް-19ގެ ކަންތައްތަކުގެ ތެރޭގައި ދިވެހިރާއްޖެއަށް އަނބުރާ އައި އިސް ފަރާތްތަކުގެ އާއިލާތައް ކަރަންޓީން ނުކޮށް ދޫކޮށްލާފައިވާ ކަމަށްބުނެ ދައްކަމުންދާ ވާހަކަތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް، އަލްެއުސްތާޛު އަލީ ޒާހިރު ދޮގު ކުރައްވައިފިއެވެ.

އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅިގެން "މާލޭގެ ބޮޑުންނާއި ސަރުކާރު މަތީ މީހުންގެ އާއިލާތައް މާލޭ ތެރެއަށް ދޫކޮށްލިޔޭ" ބުނެ ފަތުރަމުންދަނީ ސަތޭކަ އިންސައްތަ ދޮގު މައުލޫމާތުކަމަށެވެ.

އެފަދަ އެންމެ މީހެއްގެ މައުލޫމާތު ވާނަމަވެސް އެ މައުލޫމާތު ދެއްވުމަށް އެބޭފުޅާ އެދިވަޑައިގެންނެވިއެވެ.

އަދި އެފަދައިން އެންމެ ފަރާތެއްގެ މައުލޫމާތުވެސް ނުދެވޭނެކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ. ރާއްޖެއިން ބޭރުން އަންނަ ހުރިހާ ދިވެހިން ކަރަންޓީން ކުރަން ފެއްޓީ މާޗް މަހުގެ 21ވަނަ ދުވަހުން ފެށިގެންނެވެ.

Advertisement

ކޮމެންޓް