Advertisement

މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފަރާތްތަކުގެ އަދަދު ފަހަކަށް!

17 Apr 2020 | 11:28

މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފަރާތްތަކުގެ ޖުމްލަ އަދަދު ފަހަކަށް އަރައިފިއެވެ.

ރޭ ދަންވަރު އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނީ އެންމެ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ޕޭޝަންޓް 23ގެ ދެ ޑައިރެކްޓް ކޮންޓެކްޓެއްގެ ސާމްޕަލް ނަގައި ޓެސްޓް ކުރުމުން އެފަރާތްތައް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިވަގުތު ކަރަންޓީންގައި ތިބި މި ފަރާތްތައް އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

މިއީ މި ބައްޔަށް މާލެއިން ޕޮޒިޓިވްވި ފަސްވަނަ ފަރާތެވެ.

ދިވެހިރާއްޖެއިން ކޮވިޑް-19 ޖެހިފައިވާ ޖުމްލަ ފަރާތްތަކުގެ އަދަދު މިހާރު ވަނީ 25 އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ނުވަ ދިވެހިންނެވެ.

Advertisement

ކޮމެންޓް

Advertisement