Advertisement

ބަލި ގަބޫލުކޮށްފިން - ރައީސް ޔާމީން

24 Sep 2018 | 13:21

އިއްޔެ ބޭއްވުނު ރިޔާސީ އިންތިހާބަށް ފަހު ފުރަތަމަ ފަހަރަށް ރައީސް ޔާމީން ޤައުމާ މުހާތަބް ކުރައްވައި، އިންތިހާބް ބަލި ގަބޫލުކުރައްވައިފިއެވެ.


ރައީސް އޮފީހުގައި އިބްރާހިމް މުހައްމަދު ސޯލިހް އާއި ބައްދަލުކުރެއްވުމަށް ގައުމާ މުހާތަބް ކުރައްވައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ރިޔާސީ އިންތިހާބުގެ ނަތީޖާ އިން ރައްޔިތުންގެ ބަސް ވަރަށް ސާފު ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިހާތަނަށް ވެސް މަސައްކަތް ކުރައްވަމުން ގެންދެވީ ގައުމުގެ ކަންކަން ހަމަމަގަށް އަޅުވައި، ގާނޫނީ ހުކޫމަތު ގާއިމް ކުރުމަށް ކަމަށެވެ.


އަދި އިގްތިސާދީ ގޮތުން ވެސް އިޖުތިމާއީ ގޮތުން ރާއްޖެ ވަނީ މި ފަސް އަހަރުގެ ތެރޭގައި ކުރިއަރައިގެން ގޮސްފައި ވާކަށެވެ. އެހެން ނަމަވެސް، އެ ހިދުމަތްތަކާ މެދު ރައްޔިތުން ބަސް އިއްވައިފި ކަމަށާއި އެކަން އެ މަނިކުފާނު ގަބޫލު ކުރައްވާ ކަމަށެވެ.


ދިވެހި ރައްޔިތުންގެ ކިބައިން އަޅުގަނޑު މާފަށް އެދެމުން ހިދުމަތުން އަޅުގަނޑު ދުރަށް ޖެހިލައިފިން. އެކަމަކު ނޮވެމްބަރު 17 އަންނަންދެން އަޅުގަނޑު މި ގޮނޑީގައި ދެމިހުންނާނަން.

އެހެންވީމަ އަޅުގަނޑު ބޭނުންވަނީ އިއްޔެގެ ވޯޓުގެ ނަތީޖ އަޅުގަނޑު ގަބޫލުކޮށް ދެން ގައުމަށް ކޮށްދެވެން އޮތް ކަމެއް ކޮށްދޭށެވެ. 


"އަޅުގަނޑަށް ދިމާވި ހުރިހާ ކަމަކުން އަޅުގަނޑަށް ﷲ ނަސްރު ދެއްވި. އަޅުގަނޑު މަސައްކަތް ކުރީ ގައުމަށް ނަސްރު ހޯދައިދޭން. އެންމެ ފުރަތަމަ ވެސް މަސައްކަތް ކުރީ ގާނޫނުތަކާ އެއްގޮތަށް ކަންތައްތައް ކުރަން. އަޅުގަނޑުގެ ސަރުކާރުން ވާނީ ވަރަށް ކެރިގެން ދީނާ ހިލާފު ކަންކަމަށް ނޫނެކޭ ބުނެފައި. އަޅުގަނޑު މަސައްކަތް ކުރީ އިޖުތިމާއީ ފޭރާން ރަނގަޅު ކުރަން." 


އައު ސަރުކާރަށް ބާރުތަށް ބަދަލުކުރުމުގައި ހުރިހާ އެއްބާރުލުމެއް ދީ ޤައުމުގެ ސުލްހަ އަށް އިސްކަންދޭނެކަން ކަށަވަރުކުރަމުން ރައީސް ވަނީ މި ހިތޯބް ނިންމަވައިލައްވާފައެވެ.

Advertisement

ކޮމެންޓް