Advertisement

ފަހުން ޕޮސިޓިވްވި 2 މީހުން، ބަލިޖެހިފައިވާ މީހަކާ ސީދާ ދިމާވެފައެއްނުވޭ: ޑރ. ނާޒްލާ

17 Apr 2020 | 17:43

މިއަދު މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 2 މީހުންނަކީ ކޯވިޑަށް މިހާތަނަށް މާލެއިން ޕޮޒިޓިވްވި އެއްވެސް މީހަކާއި ސީދާ ދިމާވެފައިވާ ބައެއް ނޫންކަމަށް ނޭޝަނަލް އެނެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ މިއަދު ކުރިއަށް ދިޔަ ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓެގްޓީމްގެ ޑޮކްޓަރ، ޑރ.ނަޒްލާއެވެ

ޑރ ނާޒްލާ ވީދާޅުވީ މިއަދު މާލެ އިން ޕޮޒިޓިވްވި ކޭސް ނަންބަރު 27 އަދި 28 އަކީ މާލެއިން ބަލި ޖެހުނު މީހުންނާއި އެއްވެސް ވަރަކަށް ކޮންޓެކްޓްވެފައިވާ މީހުން ނޫންކަމަށެވެ.

މިމީހުންނަށް ބަލި ޖެހުނު ގޮތް މިހާރު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

މާލޭގެ މިހާތަނަށް ކޮވިޑް19 އަށް ޕޮސިޓިވްވެފައިވާ ކެސްއައް . ގްރެފިކްސް: ނާއިލް


Advertisement

ކޮމެންޓް