Advertisement

ގޭގެއަށް މުދާ ޑެލިވަރކޮށްދޭން ދިފާއިބާރު މަގުމަށްޗައް

17 Apr 2020 | 19:21

ކޮވިޑް-19 ހަލުވިކަމާއިއެކު ފެތުރި މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއި ގުޅިގެން އެސްޓީއޯގެ ޑެލިވަރީއަށް ބާރުބޮޑުވުމާއި ގުޅިގެން ސިފައިން ޑެލިވަރީކޮށްދިނުމަށް ނިކުމެއްޖެއެވެ.

އެސްޓީއޯއިން ބުނެފައިވާގޮތުގައި ޑެލިވަރީތަށް ގިނަވެ ފުނިނޖެހުމާއި ގުޅިގެން ސިފައިން އެހީތެރިކަން ފޯރުކޮށްދިނުމަށް ނުކުމެފައިވާކަމަށެވެ.

ސިފައިން އަންނަނީ އެސްޓީއޯ ސްޕަމާޓްގައި ހަރަކާތްތެރިވަމުންކަމަށާއި އެސްޓިއޯގެ ވެހިކަލްތަށް ސިފައިން ބޭނުންކުރަމުން ދާނެކަމަށް އެސްޓީއޯއިން ހާމަކުރައްވައެވެ.

އެސްޓީއޯއިން ހާމަކުރިގޮތުގައި ކަސްޓަމަރުން ދޭ އޯޑާރތަށް ގޭގަށް ގެންދިއުމަށް ބުރަމަސައްކަތްތަކެއް ކުރާކަމަށެވެ. ކޮވިޑް-19 ފެތުރުމާއި ގުޅިގެން މާލޭގެ ޑެލިވަރީ ކުީރުމުގެ ހުއްދަވަނީ 400 އަށްވުރެ ގިނަ ފިހާރަތަކަށް ދޫކުރެވިފައެވެ.

މާލެއިން ކޮވިޑް19 ގެ ކޭސް ފެނުމާއެކު މިހާރުވަނީ އިތުރު 14 ދުވަސް މާލެ ލޮކްޑައުންކުރުމަށް ނިންމާފައެވެ.

Advertisement

ކޮމެންޓް