ޖަމާއަތުގައި ނާމާދުކުރުން ހުއްޓަންވީމަ އަންގާނެ: އިސްލާމިކް މިނިސްޓްރީ

17 Apr 2020 | 20:36

ރާއްޖޭގެ ރަށްރަށުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓަންވީމައި އެކަން އަންގާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެމިނިސްޓްރީން ބުނެފައިވާގޮތުގައި ރާއްޖާގެ ރަށްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާނީ އެޗްޕީއޭ އިން މޮނީޓަރިންއަށް ހާލަތައް ބަދަލުކުރާ ރަށްތަކަމަށެވެ. އަދި އެ ހާލައްތަކުގައި މިނިސްޓްރީގެ ފަރާތުން އެރަށްތަކުގެ ކައުންސިލްތަކަށް އެކަން އަންގާނެކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެމުން ދިއުމާއި ގުޅިގެން މާލޭ ސަރަހައްދުގަޔާ، ރިސޯޓްތަކުގައި ޖަމާއަތުގައި ނަމާދުކުރުމާ ހުކުރުކުރުކުރުން ވަނީ ހުއްޓާލާފައެވެ.

Advertisement

ކޮމެންޓް