މަގުމަތީ އުޅޭމީހުން ޖުރިމާނާކޮށް ހައްޔަރުކުރަނީ

17 Apr 2020 | 20:57

ކޮވިޑް-19 މާލެގައި ހަލުވިކަމާއިއެކު ފެތުރެމުންދާތީ ލޮކްޑައުން ކުރުމާއި ގުޅިގެން މަގުމަތީ އުޅޭފަރާތްތަކަށް އަދުބު ދޭނެކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނި މިރޭ 8.30 ފަހުން ބޭރުގައި އުޅޭފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށެވެ. އެގޮތުން ފުރަތަމަ ފަހަރަށް ޖޫރިމާނާ ކުރާނެކަމަށެވެ. އަދި ތަކުރާރުކޮށްފިނަމަ ޕީނަލްކޯޑް އާޓިކަލް 533 ގެ ދަސުން ހައްޔަރު ކުރާނެކަމަށެވެ.

މާލޭގައި ވައިރަސް ވެތުރެމުންދިޔަ ނަމަވެސް ގިނައަދަދެއްގެ ފަރާތްތަކުން އަދިވެސް ދަނީ މަގުމަތީގައި އުޅެމުންނެވެ. އެހެންކަމުން އެފަރާތްތަކަށް ފިޔަވަޅުއެޅުމަށް އާމުންދަނީ ގޮވާލަމުންނެވެ.

މިހާތަނަށް މާލެއިން ކޮވިޑް-19 އަށް 8 މީހަކު ޕޮސިޓިވްވެފައި ވެއެވެ.

Advertisement

ކޮމެންޓް