މިއީ އަޅުގަނޑުމެންގެ ހަޔާތުގައި ދިމާވާނެ އެންމެ ބޮޑު އެއް އިމްތިހާން: މަބްރޫކް

18 Apr 2020 | 12:30

ކޮވިޑް-19 ގެ ކަންތައްތަކަކީ ދިވެހިންގެ ހަޔާތުގައި ދިމާވި އެންމެ ބޮޑު އެއް އިމްތިހާނުގެ ގޮތުގައި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ރޭ ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެބޭފުޅާ ވިދާޅުވީ މިއީ ކޮންމެ ފަރުދަކުވެސް އެޅޭނެ ރައްކާތެެރިކަމުގެ ފިޔަވަޅުތަކެއް އަދި ކުރެވެން ހުރި ހުރިހާ ކަމެއް ކުރަންވީ ވަގުތުކަމަށެވެ. އެގޮތުން މިއީ ދިވެހިންގެ ހަޔާތުގައި ދިމާވާނެ އެންމެ ބޮޑު އިމްތިހާނުގެ ގޮތުގައި މަބްރޫކް ސިފަކުރެއްވިއެވެ.

އަދި ދުވާލަކު ޕޮޒިޓިވްވާ ފަރާތްތަކުގެ އަދަދު މަދުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރަންވާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ރޭ 20:30 އިން ފެށިގެން މަގުމަތީގައި ހުއްދައެއް ނެތި އުޅެމުންދާ ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެކަން ކުރަން ފެށިތަނާ ހަތް ވަރަކަށް މިނެޓްގެ ތެރޭގައިވެސް 74 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ކަމަށް ފުލުހުންނާއި ހަވާލާދީ މަބްރޫކް ވިދާޅުވިއެވެ.

މިފަރާތްތަކުގެ ތެރޭގައި ދިވެހިންނާއި ބިދޭސީންވެސް ހިމެނެއެވެ. 

Advertisement

ކޮމެންޓް