މާލެއިން ކޮވިޑް-19 ޖެހިފައިވާ އެގާރަވަނަ ފަރާތެއް ފެނިއްޖެ

18 Apr 2020 | 12:10

ކޮވިޑް-19 ޖެހިފައިވާ އެގާރަވަނަ ފަރާތެއް މާލެއިން ފެނިއްޖެއެވެ.

އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި ކޭސް28ގެ ޑައިރެކްޓް ކޮންޓެކްޓެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނިގެން ހެދި ޓެސްޓްގެ ނަތީޖާއިން ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިއީ މާލެއިން ޕޮޒިޓިވްވި އެގާރަވަނަ މީހާއެވެ. އެމީހާ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަނީ ބުނެފައެވެ.

މިއާއި އެކު ދިވެހިރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ޖުމްލަ ފަރާތްތަކުގެ އަދަދު ވަނީ 30 އަށް އަރާފައެވެ.

Advertisement

ކޮމެންޓް