އައްޑޫ އަދި ފުވައްމުލަކު ސިޓީގައިވެސް ޖަމާއަތުގައި ކުރާ ނަމާދުތައް ހުއްޓާލަނީ

18 Apr 2020 | 17:51

އައްޑޫ އަދި ފުވައްމުލަކު ސިޓީގައިވެސް ޖަމާއަތުގައި ކުރާ ނަމާދުތައް ހުއްޓާލަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން އާންމުކުރި ސާކިއުލާއެއްގައި ބުނީ އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި 18 އެޕްރީލްވާ ހޮނިހިރު ދުވަހުގެ މަޣްރިބް ނަމާދުން ފެށިގެން 23 އެޕްރީލްވާ ބުރާސްފަތި ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް ފަރުޟު ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް ނިންމާފައިވަނީ އެގޮތަށް އަމަލުކުރެއްވުމަށް ދަންނަވާ ކަމަށެވެ.

މި ހާލަތުގައި މިސްކިތްތަކުގައި ހަމައެކަނި ބަންގި ގޮވުމަށާއި، ބަންގީގެ ފަހަތުން ދެފަހަރު ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ ދެފަހަރު ގޮވުމަށް މިނިސްޓްރީން ވަނީ އިމާމުންނަށް އިރުޝާދުދީފައެވެ.

އަދި މާލެ ސިޓީގެ މިސްކިތްތަކުގައިވެސް ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާއަތް ކުރުން މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށް ހުއްޓާލަންވެސް ވަނީ އެދިފައެވެ.

Advertisement

ކޮމެންޓް