މެންޗެސްޓާ ޑާބީ ސިޓީއިން ކާމިޔާބުކޮށްފި

12 Nov 2018 | 12:12

އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓާ ސިޓީ އަދި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި ޑާބީ މެޗު ފަސޭހަކަމާއެކު މެންޗެސްޓާ ސިޓީއިން ކާމިޔާބުކޮށްފިއެވެ.

ޑާވިޑް ސިލްވާ، ސާޖިއޯ އަގުއޭރޯ، އަދި އިކާއި ގުންޑޮގަން ޖަހައިދިން ލަނޑުތަކާއެކު ސިޓީވަނީ ޕްރިމިއަރ ލީގުގައި ބަލިނުވެ އޮތް އޮތުން ދަމަހައްޓާ ތާވަލުގެ އެއްވަނައިގައެވެ.

ސިޓީގެ އެއްތިހާދް ސްޓޭޑިއަމްގައި ކުޅެވުނު މި މެޗުގައި ޔުނައިޓެޑްގެ ފަރާތުން ފެނުނު ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އެންތޮނީ މާޝިއަލްއެވެ.

އަނިޔާގެ ސަބަބުން މެދުތެރެއަށް ކުޅޭ ފްރާންސްގެ ތަރި ޕޮގްބާ ނުލާ ޔުނައިޓެޑް ކުޅުނު މި މެޗުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއްވެސް ފޮނުވާލާފަވަނީ ސިޓީއިންނެވެ. އެގޮތުން ޖުމްލަ 17 ހަމަލާއެއް ސިޓީއިން ޔުނައިޓެޑް ގޯލަށް ފޮނުވާލިއިރު އޭގެތެރެއިން 5 ހަމަލާ ގޯލާ އަމާޒުކޮށްފައިވެއެވެ.

މިއާހިލާފަށް ޔުނައިޓެޑްއަށް 6 ހަމަލާއެއް އުފެއްދުނުއިރު ގޯލަށް އަމާޒުކޮށްލެވުނީ އެންމެ ހަމަލާއެކެވެ. އެއީ ލިބުނު ޕެނަލްޓީ އެކަންޏެވެ.

މެޗަށްފަހު ނޫސްވެރިންނައި ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗް މޮރީނިއޯ ބުނީ އެންމެ ފަހުން ކުޅުނު ތިން މެޗުވެސް ރަށުން ބޭރުގައި ކުޅުނު ޔުނައިޓެޑަށް މިއީ ވަރަށް ބޮޑު ބައްޔެއް ކަމަށެވެ. ޗެންޕިއަންސް ލީގުގައި ޔުނައިޓެޑް ވަރުގަދަ ޔުވެންޓަސްއައި ކުޅެފަ މިމެޗަށް އައިއިރު ސިޓީ އެންމެފަހުން ކުޅުނު ދެމެޗު ކަމަށްވާ ސައުތްހެމްޕްޓަން އަދި ޝަކްތާގެ މެޗުތަކަކީ ރަހުމަތްތެރިކަމުގެ މެޗުތަކެއްކަމުގައި މޮރީނިއޯ ބުންޏެވެ.

ސިޓީގެ ކޯޗް ގާޑިއޯލާ ބުނީ ސިޓީ މިމެޗުން މޮޅުވުން ހައްގު ކަމަށެވެ. ފުރަތަމަ ހާފުގައި ބޯޅަ ގެއްލިދާނެކަމުގެ ބިރާއެކު ސިޓީ ކުޅުން ނަމަވެސް ދެވަނަ ހާފުގައި ހުސްޖާގަތައް ހޯދައި މޮޅަށްކުޅެ ވަރަށް ވަރުގަދަ ކްލަބަކައި ދެކޮޅަށް ސިޓީ ރަނގަޅު ކުޅުމެއް ދައްކާފައިވާކަމަށެވެ.

12 މެޗުން ލިބުނު 32 ޕޮއިންޓާއެކު ސިޓީ އެއްވަނައިގަ އޮތްއިރު ހަމައެއަދަދަށް ކުޅެ ލިބުނު 20 ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ ތާވަލުގެ އަށް ވަނައިގައެވެ.

ޕްރިމިއަރ ލީގަށް ސިޓީއާއި ވާދަކުރާ ޗެލްސީ އެވަޓަންއައި ދެކޮޅަށް ކުޅުނު މެޗު 0-0 ކުން އެއްވަރުވި އިރު އާސެނަލްވެސް އެޓީމު ކުޅުނު މެޗުންވީ އެއްވަރެވެ. އެއީ ވުލްވްސް އަތުން 1-1 ކުންނެވެ.

Advertisement

ކޮމެންޓް

Advertisement