ގްރޭޓާ މާލޭ ސަރަހައްދުން ރަށްރަށަށް ދިޔަ އެންމެން އެކަހެރިވުމަށް އަންގައިފި

18 Apr 2020 | 22:58

މާލެ،ހުޅުމާލެ،ވިލިމާލެ،ގުޅިފަޅު،ތިލަފުށިން ދިވެހިރާއްޖޭގެ ރަށްރަށަށް ދަތުރުކޮށްފައިވާ ފަރާތްތައް އެކަހެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިރޭ ނެރުއްވި އެންގުމުގައި ވިދާޅުވެފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުން ރާއްޖޭގެ އެހެން ރަށަކަށް ދަތުރުކޮށްފައިިވާ އެންމެން، ރަށަށް ދިޔަ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ދިރިއުޅޭ ތަނުގައި އެކަހެރިވާން އަންގާ ކަމަށެވެ.

Advertisement

ކޮމެންޓް